Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންނަނީ

މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެންނަނީ

ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ، ރޭ ނިޔާވި ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.

ގއ މާމެންދޫގައި ހިންގި ނުރައްކާތެރި މާރާމާރީގައި އުމުރުން 17 އަހަރުގެ މުހައްމަދު އުދައްޔު ނިޔާވެފައިވާއިރު އޭނާގެ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރު ވަނީ ޒަހަމް ކޮށްލާފައެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެންގޮސްފައިވާއިރު، މާމެންދޫއާ ކައިރި ގއ އަތޮޅުގެ އެހެން ރަށްތަކުގެ ފުލުހުން މާމެންދޫގައި މިހާރު ހަރަކާތްތެރި ވަމުން އެބަދެއެވެ.

Advertisement
Ooredoo — Truecaller (box)

ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަަށާއި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި މާރާމާރީގައި ޒަހަމް ކޮށްލި އުދައްޔުގެ ބޭބެގެ ވެސް ހާލު ދެރަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް