ޚަބަރު

ހާލުގައި އުޅޭ އެންމެނަށް ފްލެޓު ނުލިބުނީ އެ އަދަދަށް ފްލެޓް ނެތުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން
ފްލެޓް ކޮމެޓީގެ މުގައްރިރު : ތޯހާ މުހައްމަދު ފޮޓޯ: އަވަސް

ހާލުގައި އުޅޭ އެންމެނަށް ފްލެޓް ނުލިބުނީ އެ އަދަދަށް ފްލެޓް ނެތުމުން ކަމަށް ފްލެޓް ކޮމެޓީން ބުނެފި އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމެޓީގެ މުގައްރިރު ތޯހާ މުހައްމަދު ވިދާޅުވީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފްލެޓް ނުލިބި އެބަހުރި ކަމަށާއި ފްލެޓް ނުލިބި އެވަނީ އެއަދަަށް ފްލެޓް ނެތުމުން ކަމަށެވެ.

ހިޔާ މަޝްރޫއުގެ 6720 ފްލެޓަށް 23،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށާއި ކޮންމެ ކެޓަގަރީއަކުން ވަކި އެލޮކޭޝަންއެއް ހެދިއިރު ފްލެޓް ލިބެނީ ކޮންމެ ވެސް އެއް ބަޔަަކަށް ކަމަށް ތޯހާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭ އެޅި ހިޔާ ފްލެޓަށް މި އަހަރުގެ މޭ ނުވަތަ ޖޫންމަހުގެ ތެރޭގައި ވަދެވޭނެކަން ފާހަގަ ކުރަމުން ތޯހާ ވިދާޅުވީ ވަރަށް ހާލުގައި ދިރިއުޅޭ ބަޔަކަށް ވެސް ފްލެޓްތައް ނުލިބި ދިޔައީ ފްލެޓްތައް ކެޓަގަރީތަކަކަށް ބެހިފައި އޮންނަ ގޮތުގެ ސަބަބުން ކަމަށާއި ވަރަށް ގިނަ ކެޓަގަރީތައް ކަނޑައަޅާފައި އޮތުމުން އަދި ބައެއް ކެޓަގަރީތަކުން ވަރަށް ގިނަ މީހުން ކުރިމަތިލާފައި އޮތުމުން އެ ކެޓަގަރީއެއްގައި ހިމެނޭ ވަރަށް ހާލުގައި ދިރިއުޅޭ މީހުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި ނުވެދާނެ ކަމަށެވެ.

ފްލެޓް ދިނުމުގައި ވެސް ބެލީ އެންމެނަށް ވެސް ހަމަހަމަ އުސޫލުން އެއް މިންގަނޑަކުން ފްލެޓް ދިނުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ފްލެޓް ލިބިފައި ތިބި މީހުންނަކީ އޭގެ އެންމެ އެންމެ ހައްގުވެރިންކަން ތޯހާ ވިދާޅުވިއެވެ.

Ads by HDC
  1. ފްލެޓް ކިހިނެއް ދޭނީ ހާލުގައި އުޅޭ މީހުންނައް. ވަގު ސަރުކާރުން ފްލެޓް ތަކުން ކުރީ ވައްކަން ވިއްޔާ. ވަގުންގެ ބަނޑައް އަޅާފައެއް ނުން ހާލުގަ އުޅޭ ރައްޔިތުންނައް ދެވޭނީ.

  2. އިރީސް

    ތޯޙާ އެހެނިހެން ކަންތައް ތައް ބަދަލް ކުރިއިރު ކީއްވެތޯއޭ ތިކެޓެކެރީ ބަދަލް ނުކުރީ ބަދަލްކުރިނަމަ މިހެން ނުވާނެ ނޫންތޯ މާލޭގެ 1873 މީހުންނަށް ފުލެޓް ދިންއިރު އެއީ މާލޭގެ ނަމުގައި ތިބިނަމަވެސް ތީ ރާއްޖޭގެ އެތަން މިތަނުގެމީހުންނެވެ