ޚަބަރު

މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މ. މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލު ކޮށްފިއެވެ.

Ads by STELCO

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫޢުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 300 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މީގެ އިތުރުން ‏ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި، ޖެޓީ ހެދުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ⁦‪މޯލްޑިވްސް ޓްރާންސްޕޯޓް‬⁩ އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ވަނީ ހަވާލު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!