Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޤައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ބުލީ ކުރާއިރު، ޤައުމުގެ އިސްވެރިން ބަސްބުނަން ޖެހޭ: ޝެއިޚް ޒަމްޒަމް

ޤައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ބުލީ ކުރާއިރު، ޤައުމުގެ އިސްވެރިން ބަސްބުނަން ޖެހޭ: ޝެއިޚް ޒަމްޒަމް

ޤަޢުމަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށް ބުލީ ކުރާއިރު، ޤައުމުގެ އިސްވެރިން އެފަރާތްތަކުގެ ދިފާޢުގައި ބަސްބުނަން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖޭގެ ގައުމީ ޓީމްގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްޣަނީ އަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ދިވެެހި އަންހެނަކު ޓްވީޓު ކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ "ސޫޒަން" ނަމަކަށް ކިޔާ މި މީހާ، އަޝްފާޤް އަދި އަކްރަމްގެ ޕޯސްޓަރެއް ރީޓްވީޓްކޮށް ބުނެފައިވަަނީ ސީރިއާއަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މީހަކު ދާނެތޯ އޭނާ ގާތު ރައްޓެއްސަކު ސުވާލު ކުރި ކަމަށެވެ. އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އޭނާގެ ރައްޓެއްސަކު ބުނި ކަމަށް ވެސް ޓްވީޓްގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅޭގޮތުން ޝެއިޚް ޒަމްޒަމް ފާރިޝް ޓްވީޓެއް ކުރައްވާ ވިދާޅުވީ ޤައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ބުލީ ކުރާއިރު، ޤައުމުގެ އިސްވެރިން އެފަރާތްތަކުގެ ދިފާޢުގައި ބަސްބުނަން ޖެހޭ ކަމަށެވެ.

https://twitter.com/ZamzamFarish/status/1360614172191461384?s=20

"ވަކިން ޚާއްސަކޮށް އެއީ ބޭރު ދުނިޔޭގައި މިޤައުމުގެ އިސްލާމީވަންތަކަން ރަމްޒު ކޮށްދޭ ފަރާތްތަކެއްނަމަ އެކަމުގެ މުހިންމުކަން މާ ބޮޑު ވެގެންދޭ" ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް