ޚަބަރު

އަޝްފާޤާއި އަކްރަމްގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް: އަދުރޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޤައުމީ ފުޓްބޯޅައިގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާޤު (ދަގަނޑޭ) އާއި އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ އަގުވައްޓާލަން މަސައްކަތް ކުރުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ކުރެއްވި ޓްވީޓެއްގައި އަޝްފާޤު އާއި އަކްރަމް އަކީ ޤައުމަށް ރީތި ނަން ހޯއްދަވާފައިވާ ދެ ބަޠަލުންގެ ގޮތުގައި އަދުރޭ ވަނީ ސިފަ ކުރައްވާފައެވެ. އަދި އެ ދެ ބޭފުޅުންނަށްޓަކައި ޤައުމު ފަޚުރުވެރިވާ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އަކްރަމް އާއި އަޝްފާޤްގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ޤައުމަށް ވެވޭ ޚިޔާނާތެއް ކަމަށާއި އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އަޝްގާޤު އާއި އަކްރަމް އަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް ޓްވީޓާގައި މީހަކު ވާހަކަ ދައްކާފައިވާތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ ވާޙަކަ ދައްކަމުންނެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުންނާއި އެފްއޭއެމުން ވެސް ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!