ބޮލީވުޑް

ތައިމޫރު ވެސް ކަރީނާ ގޮތަށް "ޕައުޓް" ކުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ފިލްމީތަރި ކަރީނާ ކަޕޫރް ޚާން، މަޝްހޫރު ވެފައިވަނީ އޭނާގެ ހުނަރުވެރި އެކްޓިންއަށް އެކަންޏެއް ނޫނެވެ.

Ads by MWSC

ފޮޓޯއެއް ނަގާއިރު ތުންފަތަށް ހަދާ ގޮތުން ވެސް ކަރީނާ ވަނީ މަޝްހޫރު ވެފައެވެ. އެގޮތުން ގިނަ ބަޔަކު އޭނާ އެންމެ ފާހަގަ ކޮށްފައި ވަނީ އެންމެ ރީތިކޮށް "ޕައުޓް" ކުރާ ބޮލީވުޑްގެ އެކްޓްރެސް ގޮތުގައެވެ.

މައިންބަފައިންގެ ކިބައިގައި ހުންނަ ގިނަ ކަންކަން ދަރިންނަށް ވެސް ލިބޭނެކަމަށް ބުނާއިރު، ކަރީނާގެ ދަރިފުޅު ތައިމޫރް އަލީ ޚާން އަށް މިވަނީ، އޭނަގެ މަންމަގެ (ކަރީނާގެ) ޕައުޓް ކުރުން ލިބިފައެވެ.

މިކަމާ ޚުދު ކަރީނާ ވެސް އެއްބަސްވަމުން، އޭނާ މިއަދު ވަނީ ތައިމޫރް ޕައުޓް ކޮށްގެން ހުރި ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އެފޮޓޯއަށް މިހާރުވެސް 560،000 އަށްވުރެ ގިނަ މީހުން ލައިކް ކޮށްފައިވާއިރު، އެފޮޓޯއަށް ކޮމެންޓު ކުރި ގިނަ މީހުންވެސް ބުނީ ތައިމޫރާއި ކަރީނާގެ ޕައުޓް ކުރުން ވަރަށް އެއް ވައްތަރު ކަމަށެވެ.

Ads by HDC
  1. ޑަވިޔަނި

    އެކަމަކުު ތައިމޫރްް ޕައުޓްް ކުރީމަަ ހީވަނީީ ހަމަަ ސައިފްް ހެން