ޚަބަރު

ކޮވިޑް-19: ރަސްދޫން ދެ ފަތުރުވެރިއަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އއ. ރަސްދޫން ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ޒަމީރާ މުޙައްމަދު ވިދާޅުވީ، ފައްސި ވެފައިވަނީ ޕާކިސްތާނުގެ ފަތުރުވެރިއަކާއި ފިލިޕިންސް ގެ ފަތުރުވެރިއެއް ކަމަށެވެ.

"ދެ ފިރިހެނުން ފައްސި ވެފައިވަނީ. މިހާރު އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދަމުން ދަނީ. ރަށް މޮނީޓަރިންގަށް ލާނެ ކަމެއް އަދި އެނގޭނީ ޓްރޭސިންގަށްފަހު" ޒަމީރާ ވިދާޅުވިއެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން މުޅިއަކު 17،828 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ޖުމްލަ 15،448 މީހުން މިބަލިން ފަސޭހަ ވެފައިވާއިރު 58 މީހަކު މިހާރު ރާއްޖެއިން ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ، ހަލުވިކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ރަށެއްގައި މާސްކު އެޅުމަށް ވަނީ އެޗްޕީއޭއިން އަންގާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!