Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެއް ލައްކަ ޑޯޒް ހުސްވަންދެން ވެކްސިން ޖަހާނެ

އެއް ލައްކަ ޑޯޒް ހުސްވަންދެން ވެކްސިން ޖަހާނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހުސްވަންދެން ވެކްސިން ޖަހާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުން ބުނީ، އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ހުސް ވަންދެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުރަތަމަ ޑޯޒްގެ ވެކްސިން ދޭނެ ކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެކްސިން އޮޕަރޭޝަންސްގެ ފަރާތުން މުހައްމަދު ހަމްޒަތު ވިދާޅުވީ ކުރިން ވިސްނީ ދެ ޑޯޒަށް ބަހާލައިގެން ބައި ލައްކަ މީހުންނަށް ވެކްސިން ދިނުމަށް ކަމަށެވެ. ނަމަވެސް ލިބިފައިހުރި ޑޯޒްތަކުން ދިނުމަށް މިހާރު ބަދަލު ވެފައިވާ ކަމަށް ވެސް ހަމްޒަތު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެއިތުރުން ހަމްޒަތު ވިދާޅުވީ، މި އެއް ލައްކަ ޑޯޒް ހުސްވުމުގެ ކުރިން މި މަސްތެރޭގައި އިތުރު ޑޯޒްތައް ލިބިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް