ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ބަލަނީ
ޕީޕީއެމްގެ ވެރިކަމެއްގައި ދިވެހި ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓަކު އިންޒާރު ދިން ކަމަށް ބުނާ މައްސަލައެެއް ފުލުހުން ބަލާ ތަހުގީގު ކުރަން ފަށައިފިއެވެ.
"ދެން"އާ ވާހަަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީސްމީޑީއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބަލައި ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އަކީ އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެެއިން އަތޮޅުވެއްސަށް ހައްޔަރަށް ގެންދިޔަ މީހަކު ދޫކޮށްލުމުން އޭނާ ޗެނަލް 13 އަށް ދީފައިވާ އިންޓަވިއުއެކެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ފުލުހުން "ވަކިވަކިން" ކޮށާލާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
މި އިންޓަވިއުގައި އޭނާ ބުނީ އެމީހުން ޖަލުގައި ހައްޔަރު ކުރީ މަކަރާއި ހީލަތް ހަދައިގެން ދޮގު ހެކި ދީގެން ކަމަށާއި އެގޮތަށް ފުލުހުން ތެރެއިން ބަޔާން ދިން މީހުން ވަކިވަކިން އެނގޭ ކަމަށެވެ. އަދި ފުލުހުންނާ "ހައްގު" އަރާ ހަމަ ކުރާނެ ކަމަށާއި ، އެއިރުން ފުލުހުން ޖަލުގެ ތޭރިތަކުގެ ތެެރެއަށް ދާން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނެފައި ވަނީ 2023 ވަނަ އަހަރުގައި އޮންނާނީ ޕީޕީއެމްގެ ވެރިކަމެއް ކަަަމަށާއި ވެރިކަަށް އައުމަށްފަހު ވަކިވަކިން އެންމެން ކޮށާލާނެ ކަމަށް ބުނެ އޭނާ ވަނީ ފުލުހުންނަށް އިންޒާރު ދީފައެވެ.
ތިހެން ބުނިމީހެއްވެސް ބްރޯޑުކާސްޓް ކުރި ޗެނަލެއްވެސް ދެން ގަޓެއްނުހުންނާނެ ހަވާލުވެސްނުވާނެ
ނުހައްގުން ކުރާކަންކަން ހައްގުމަގަށް ގެންދަން ޖޭހޭނެ ނޫންތޯ