ޚަބަރު

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާ ގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލަައިފިއެވެ.

Ads by MWSC

އެކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑަބްލިޔުއެޗްއޯގެ އެމަޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާ ގުޅިގެން، އެޖަމިއްޔާގެ ގޮވާލުމަށް އިޖާބަދީ ރައްޔިތުން ވެކްސިން ޖެހުމަށް ގޮވާލާ ކަމަށެވެ.

އެގޮތުން ޑަބްލިޔުއެޗްއޯ ގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒާޝަން (ސޭޖް) ގެ މާހިރުން ކުރި ހަތަރު ހަފްތާގެ ދިރާސާ ނިމި، ދެކުނު ކޮރެއާގައި ތައްޔާރުކުރާ އޮކްސްފޯޑް-އެސްޓްރާޒެނެކާ މަރުކާގެ ވެކްސިނާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް މަރުކާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އުމުރުން 18އަހަރުން މަތީގެ މީހުންނަށް ދިނުމާއެކު، އެކަމަށް އިޖާބަދީ ވެކްސިން ޖެހުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ވަނީ ގޮވާލާފައެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ފައިޒާ-ބަޔޯއެންޓެކް މަރުކާގެ ވެކްސިން ވެސް ބޭނުންކުރުމުގެ ހުއްދަ ދީފައިކަން އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިކޯލިޝަނުން އަބަދުވެސް އިސްކަންދީ، ބާރުއަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އެގޮތުން ވެކްސިންތަކުގެ ސަލާމަތްތެރިކަން ދެނެގަތުމުގެ ފަންނީ ގާބިލިއްޔަތު ރާއްޖޭގައި ޤާއިމު ކުރެވިފައި ނުވާ ހިނދު، އަދި އެފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ހިނދު، ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައި ގޮތް ކަމުގައިވާ ދުނިޔޭގެ ސިއްްހަތު ޖަމިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ މިކޯލިޝަނުން ކުރިއަށް އޮތްތާނގައި ވެސް ކަންކުރާނެ ގޮތެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by PNC
  1. މުހައްމަދު

    ބަލައި ނުގަނެ ވަކި ކޮންތާކަށް ވަންނާނީ!! ހަމަ ޖަހަން ޖެހޭނީ.