ދީން

ﷲ ގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކާމެދު އަމަލު ކުރަންވީ ގޮތް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތަފާތު އެކި ވަޒީފާތަކުގައި ބޭނުން ކުރާ ގިނަ ލިޔެކިޔުންތައް މަދު ދުވަސްކޮޅަކު ބޭނުން ކުރުމަށް ފަހު އެއްލާލަން ޖެހެއެވެ. ނުވަތަ ހަލާކުކޮށްލަން ޖެހެއެވެ. އެގޮތުން އޭގެ ބައެއް ލިޔެ ކިޔުންތަކަކީ އޭގައި މާތްﷲ ގެ އިސްމުފުޅު ހިމެނިގެންވާ ލިޔެކިޔުންތަކެވެ. އެފަދަ ލިޔެ ކިޔުންތަކާމެދު ޢަމަލު ކުރަންވީ ގޮތް ވަރަށް ވެސް ތަފާތެވެ.

Ads by MWSC

އެގޮތުން މާތްﷲ ގެ އިސްމުފުޅުތައް އެކުލެވޭ ލިޔެކިޔުންތަކާމެދު ސަމާލުވުމަކީ އެންމެހާ އިންސާނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އެފަދަ ކަރުދާސްތަކަށް ގެއްލުން ލިބޭ ފަދަ އެންމެހާ ކަންތައްތަކުން އެ ކަރުދާސްތައް ހިމާޔަތްކުރަން ޖެހެއެވެ. އަދި އެއީ އެކަރުދާސްތައް ބޭނުންކޮށް ނިމިއްޖައުމަށް ދާންދެނެވެ.

އެފަދަ ކަރުދާސްތަކުގެ ބޭނުން ހިފުމަށް ފަހުގައި އޭގެ އޭގެ ބޭނުން އިތުރަށް ނުޖެހޭ ނަމަ އެ ކަރުދާސް އެންމެ ތާހިރުކަންމަތީގައި ވަޅުލާނީއެވެ. ނުވަތަ އޭގެ ބަދަލުގައި އެފަދަ ތަކެތި އަންދާލާނީއެވެ. މިފަދަ ކަމެއް ނުކުރެވޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އެފަދަ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުލިބޭ ފަދަ ޙާލަތެއްގައި، ރަނގަޅަށް ރައްކާ ކުރެވޭ ފަދަ ހަރެއްގައި ނުވަތަ އަލަމާރިއެއްގައި ބެހެއްޓުމެވެ.

އެކަލާނގެ އިސްމުފުޅުތައް އެކުލެވޭ ކޮންމެ ލިޔުމަކީ ވެސް ވަރަށް މާތް ލިޔުމެކެވެ. އެ ތަކެތީގެ ބޭނުން ހިފުމުގައި ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އަދި އެ ލިޔުމުގެ ބޭނުން ކޮށް ނިމި އަދި އިތުރަށް ބޭނުން ނުޖެހޭ ނަމަ އެ ލިޔުމާމެދު ޢަމަލު ކުރަންވީ ގޮތް މަތީގައި އެވަނީ ކިޔައިދީފައެވެ.

މަސްދަރު: ދި ސަލަފިއްޔާ

ފަތުވާގެ އަސްލު: ފަތުވާގެ އަސްލު

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!