ޚަބަރު

ލުއި ދެވޭނީ ވެކްސިން ދެ ޑޯޒަށް ފަހު ކޭސްތައް މަދުވުުމުން: ޑރ. ނަޒްލާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެވެން އޮތީ، ރާއްޖޭގެ ބޮޑު އާބާދީއަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ފަހުގައި، ރާއްޖޭގެ ކޮވިޑް ކޭސްތައް މަދުވުމުން ކަމުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކޮވިޑް-19 އާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ވީހާ ވެސް ގިނަ ބަޔަކު މި ވެކްސިން ޖެހުން މުހިންމު ކަމަށާއި، މި ބަލީގެ ނުރައްކާ އޮތް މީހަކު ނަމަ ވީހާ ވެސް އަވަހަށް ވެކްސިން ޖެހުމަށް ވެސް ޑރ ނަޒްލާ ވަނީ އެދިފައެވެ.

މިވަގުތު 35 އަހަރުން މަތީގެ މީހުންނާއި 18-35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ދެމުން ގެންދާއިރު، މާލެ ސަރަހައްދުގެ ނުވަ ސެންޓަރަކާއި ރަށްރަށުގައި ގާއިމު ކޮށްފައިވާ 69 ސެންޓަރަކުން ރެއާ ހަމައަށް ވެސް 64،048 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައެވެ.

ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިން ކަމުގައިވާ ކޮވީޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ގިނަ ބަޔަކަށް ދެވިފައި ވާއިރު، މި ވެކްސިންގެ ދެވަނަ ޑޯޒު ދޭން ހަމަޖެހިފައި ވަނީި، ފުރަތަމަ ޑޯޒު ޖެހުމަށް ފަހު، އަށް ހަފްތާ ފަހުންނެވެ.

 

Ads by Ooredoo
  1. ބޭނަޒީރު

    ނަޒްލާ ހާދަ ވަރުގަދަ ބާރެއް ލިބިފަ ތިއޮތީ ލޮލް