ޚަބަރު

އިންޑިއާއިން ރާއްޖެއަށް އިތުރު 1 ލައްކަ ޑޯޒް ވެކްސިން ހަދިޔާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އިތުރު 1 ލައްކަ ޑޯޒް ވެކްސިން ހަދިޔާ ކޮށްފިއެވެ.

Ads by Hajj Corporation

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި މި ވެކްސިންތައް އިންޑިއާގެ ފަރާތުން ރަމްޒީކޮށް ހަވާލު ކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަބާނިއަމް ޖައިޝަންކަރެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ވެކްސިންތަކާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ.

އިންޑިއާއިން ރާއްޖެއަށް އިތުރު 100،000 ޑޯޒު ވެކްސިން ދީފައިވާއިރު، މީގެ އެއްމަސް ކުރިންވެސް އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އެސްޓްރާޒެނެކާ ކޮވިޝީލްޑް ބްރޭންޑުގެ 100،000 ވެކްސިން ޑޯޒު ރާއްޖޭގައި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދިން ފުރަތަމަ ކޮވިޑް-19ގެ ވެކްސިނެވެ. ވެކްސިން ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މި ވެކްސިން ވަގުތީ ގޮތުން ބޭނުން ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޗްއެޗްއޯ)އިން ހުއްދަ ދީފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!