ބޮލީވުޑް

ކަރީނާ އަދިވެސް ނުވިހާ، އުޅެނީ ކެއުމާއި ފޮޓޯ ނެގުމުގައި އަވަދިނެތި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރަމުންދަނީ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާން، އޭނާގެ ދެވަނަ ދަރިފުޅު ވިހާނެ ވަގުތަކަށެވެ.

Ads by MWSC

ވިހަން މިމަހުގެ 18 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓު ކުރިކަމަށް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް، އިއްޔެގެ ވަގުތެއްގައި އޭނަގެ ދައްތަ ކަރިސްމާ ކަޕޫރުގެ ގެއަށް ދޮށީ ދަރިފުޅު ތައިމޫރް އަލީ ޚާން ގޮވައިގެން ދިޔަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ކަރީނާ ދެވަނަ ދަރިފުޅު ވިހަން ދުވަސް ހަމަވާ ތާރީޚަކީ މިމަހުގެ 14 ވަނަ ދުވަހެވެ. އެހެންކަމުން، އޭނާ ވިހާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިއްބެވެ.

ވިހާ ދުވަސް ވަރަށް ކައިރިވެފައިވީ ނަމަވެސް ކަރީނާ އަރާމު ކުރަން އެނދުގައި ނޯންނަ ކަމަށާއި އޭނާ ވަގުތު ހޭދަ ކުރަނީ ފޮޓޯ ޝޫޓްތަކާއި މީރު ކާއެއްޗެހި ކެއުމުގައި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. މީގެއިތުރުން އޭނާގެ ދެވަނަ ދަރިފުޅަށް އެކި މީހުންގެ ފަރާތުން މިހާރު ވެސް ދަނީ ހަދިޔާތައް ލިބެމުންނެވެ.

ތައިމޫރް އުފަންވި ދުވަހުން ފެށިގެން ރިޕޯޓަރުން އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ވަށާލައިގެން ތިބި ނަމަވެސް، ދެވަނަ ދަރިފުޅަށް އެހެންވާން ބޭނުން ނުވާ ކަމަށް ސައިފް އާއި ކަރީނާ ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮއްކޮއެއް ލިބެން އުޅޭތީ އެކަމަށް ތައިމޫރް ތައްޔާރު ކުރުމުގެ ގޮތުން ކަރީނާއާއި ސައިފް ގެންދަނީ އޭނާއަށް މުޅި އުމުރު ދުވަހަށް ކުޑަ "ފްރެންޑެއް" ލިބެން އުޅޭ ކަމަށް ބުނަމުންނެވެ.

 

 

Ads by HDC
  1. މަރިޔަމް ވަހީދާ

    ކަރީނާ ދެން ތިހެން ނޫޅެ ވިހާބަލަދޯ. ހަބަރު ތަ މިވެސް ދެން