އިންޑިއާގެ އެހީ ބޭނުންވަނީ ހަރުކަށި މީހުންނާ ހަނގުރާމަކުރުމުގެ ޤާބިލުކަން ނެތުމުން: ޢާޒިމް
ރާއްޖެގައި އިންޑިއާ ސިފައިން ބައިތިއްބަން ޖެހެނީ ދީނީ ހަރުކަށި މީހުންނާ ހަނގުރާމަކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅު ގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް ގާއިމްކުރަން ރާއްޖެއާ އިންޑިއާ ވެފައިވާ އެއްބަސްވުން އާއްމުކުރަން އިންޑިއާއާއެކު ވެވުނު އެއްބަސްވުން އާންމުކުރުމަށް ގޮވާލާ ނައިފަރު ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުލީޑަރު އަޙްމަދު ޝިޔާމު މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ މިފަދަ މައްސަލަތަކަކީ މަޖިލީހަށް ހުށަހެޅޭނެ މައްސަލަތަކެއް ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ މިފަދަ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ވެސް މީގެ ކުރިން ނިންމާފައިވާ ކަމަށެވެ.
ހަރުކަށި ވިސްނުމުގެ މީހުންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ދޭދޭ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ އިންޑިޔާ ކަނޑުގެ ނުރައްކަލުން ސަލާމަތްތެރިކަން ކަށަވަރު ކުރަން ކަމަށާއި ރާއްޖެއަށް ހަރުކަށި މީހުންގެ ނުރައްކާ ވެސް އެބައޮތް ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ރާއްޖެއަށް މިފަދަ އެއްބަސްވުންތައް މުހިންމުވެގެން ދަނީ ވެސް ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަކުރުމުގެ ޤާބިލުކަން ނެތުމުން ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ އިތުރުން އެމެރިކާއާއި ޖަޕާނާއި އިނގިރޭސިވިލާތުގެ އެހީތެރިކަން ވެސް މިކަމުގައި ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިހިނެއްވެގެންތަ މިތިބަ އުޅެނީ ހަރުކަަށި އިބާރާތުން ކުއްވެރިކުރަން