ރޫޙާނީ ކަންތައްތަކެއް ހިނގާ ވީޑިއޯއެއް، ބިރުން ފިއްކަނޑައިގެން ދާވަރުވޭ!

ޖިންނި ޝައިޠާނުންނަކީ ވެސް އަހަރެމެން އިންސާނުންނެކޭ އެއްފަދައިން ދުނިޔޭގައި އުޅޭ މަޚުލޫގުންނެވެ. އެމީހުންގެ ތެރޭގައި މުއުމިން ޖިންނީންނާއި ކާފަރު ޖިންނީން ވެއެވެ. އެމީހުންގެ ތެރޭގައި އެކި ބާރުތައް ލިބިގެންވާ ޖިންނީން ވެއެވެ. އެގޮތުން ސިފަ ބަދަލު ކުރުން، ނުފެނި އުޅުން އަދި އުދުހިފައި އުޅުމުގެ ބާރު ވެސް އެމީހުންނަށް ލިބިގެންވެއެވެ.
އެމީހުންގެ ތެރެއިން ކާފަރު ޖިންނިއަކަށް އިންސާނުންގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވެއްޖެ ނަމަ އެމީހުން އޭގެ ބަދަލު އެެ އިންސާނެއްގެ ކިބައިން ހޯދައެވެ. އެއީ އެމީހަކާ އަވަލައިގެން ކަމުގައި ވެސް ވެދާނެއެވެ. އަދި އެފަދަ އެތައް ކަންކަމެއްގެ އިތުރުން ތަންތަނަށް ރޫޙާނީ ބާރު ބޭނުން ކޮށްގެން އިންސާނުން ބިރު ގެންނެވުމަކީ އެމީހުން ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެގޮތުން މިއީ ރާއްޖެއިން ބޭރު ހިސާބެއްގައި މީހުން ދިރިއުޅޭ ގެއަކުން އެފަދަ ރޫޙާނީ ބާރުގެ މަންޒަރު ފެންނަ ވީޑިއޯއެކެވެ.
މި ވީޑިއޯއިން ފެނިގެންދާ ގޮތުގައި އަންހެނެއްގެ ސިފައިގައި އެގޭތެރެއިން ޖިންނިއެއް ކަމަށް ބެލެވޭ މީހެއް ހިނގާފައި ދެއެވެ. އަދި ވަކި ހިސާބަކަށް ގޮސް ފާރުގެ ތެރެއަށް އޭނާ ވަދެއެވެ. ފާރަށް ވެސް އެއްވެސް ކަހަލަ އަސަރެއް ކޮށްފައިވާ މަންޒަރެއް ނުފެނެއެވެ. އަދި އެމީހާ ހިނގާފައި ދިޔައީ ދެއަތް ވެސް ފުރަގަހަށް ލައިގެންނެވެ.

ދެން ހަމައެއާއެކު ސީސީޓީވީ ފޫޓޭޖަކުން ރިކޯޑުކުރެވިފައިވާ މި ވީޑިއޯގައި އެއްވެސް މީހަކު ނެތިސް ފުރިޖުގެ ދޮރު ވަރަށް ބާރަށް ހުޅުވޭ މަންޒަރު ފެނިގެން ދެއެވެ. އަދި އެ ފުރިޖުން ބައިވަރު ސާމާނު އެކި ތަންތަނަށް އުކިގެން ދާ މަންޒަރު ވެސް ފެނިގެން ދެއެވެ. މަންޒަރު ބަލާ މީހަކަށް އެ ދޮރުގައި ވަރަށް ބާރަށް މީހަކު ހިފާ ދަމައިގަންނަ ކަމުގެ އަސަރު ފެނިގެންދާނެއެވެ. އެހެން ނަމަވެސް އެ ދޮރުގައި އެއްވެސް މީހަކު ހިފާ މަންޒަރެއް ވީޑިއޯއަށް ފެނިފައެއް ނުވެއެވެ.

މީގެ އިތުރުން މިކަހަލަ އެތައް މަންޒަރުތަކެއް އެވީޑިއޯގައި ވެއެވެ. އެހެންނަމަވެސް ގަބޫލު ކުރަންވި ޖިންނި ޝައިތާނުންނަކީ ވެސް ﷲގެ މަޚުލޫގުން ކަމެވެ. އެމީހުން ކުރާ ޢަމަލުތަކަކީ އެއްވެސް ވަރަކަށް ބިރުގަންނަންވީ ކަމެއް ނޫނެވެ. އަހަރެމެން ބިރުވެތިވާންވީ ހަމައެކަނި މާތްﷲ ގެ ހަޟްރަތަށެވެ.
ވީޑިއޯ ބަލަން ބޭނުންވާ ފަރާތްތަކަށް ވީޑިއޯގެ ލިންކު ތިރީގައި އެވަނީއެވެ.
އީމާން ތެރިކަން ނެއް މީހުން ބިރުން ފިއްކަނޑައިގެން ދާނެ. ޛިކުރު ކުރާ އަޅަކަށް ޖިންނި ޝައަޠާނުންގެ އުނދަގޫ ނުވާނެ.
ޙަދާފަދޮގުއެއްޗެއް
ޙަދަަާފައިކަމަައްމިބަލަނިިީ ތިއަވީިޑިިިއޯ