Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލެ އޮތީ ލޮކްޑައުންއަކަށް ދާ ހާލަތުގައި: ހެލްތު މިނިސްޓަރު

މާލެ އޮތީ ލޮކްޑައުންއަކަށް ދާ ހާލަތުގައި: ހެލްތު މިނިސްޓަރު

ކޮވިޑް-19 ކޭސްތައް ގިނަވެ މާލެ އޮތީ ފުލް ލޮކްޑައުންއަކަށް ދާ ހިސާބުގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާއިރު، ލޮކްޑައުންއަކަށް ދިޔުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށެވެ.

Advertisement
HDC — Sidebar (box)

އަތޮޅު ތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ މާލެ އޮތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތުގައި ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ބޮޑަށް ލޮކްޑައުންއަކަށް ނުގޮސްވޭތޯ ކަމަށެވެ.

މިނިސްޓަރު ވަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް އަޅާނީ ކޮން ފިޔަވަޅެއް ކަން ވިދާޅެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް