ސިއްޙަތު

އަންހެނުން ފަލަވެ، ބަރުދަން އިތުރުވުމަކީ ދަރިން ލިބުމަށް ހުރަހެއް: ދިރާސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންހެނުން އާދައާ ޚިލާފަށް ފަލަވެ ބަރުދަން އިތުރުވުމަކީ ދަރިމައިވުމުގައި މައްސަލަތައް ކުރިމަތިވެ ހުރަސްއެޅޭކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ޔޫއޭއީގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ހިމެނޭ ޓީމަކުން ކުރި ދިރާސާއަށްފަހު ބުނެފައި ވަނީ ފަލަވުމަކީ މައްސަލައެއް ކަމަށާއި ޚާއްޞަކޮށް އުމުރުން 25 އަހަރާ 30 އަހަރާއި ދެމެދުގައި ފަލަވުމަކީ އާދަޔާޚިލާފަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ފަލަވީމާ ދަރިން އަށަގަތުމުގަ މައްސަލަތައް ކުރިމަތިވޭ. އެންމެންނަށް އެއްކަމެއްގައި އެއް ގޮތެއް ވެސް ނުވާނެ. އިސްތިސްނާ ވާނެ މީހުން ވެސް ތިބޭނެ. ނަމަވެސް ދިރާސާ އިން މިއެނގެނީ ފަލަ އަންހެނުންނަށް އަލަށް ދަރިއަކު ލިބުމުގަ މިއީ ވަރަށް ބޮޑު މައްސަލައެއްކަން" އެ ދިރާސާ ކުރި އެއް ޑޮކްޓަރު ކަމުގައިވާ ޑރ. މަޚްތޫމް ފިތޫރީ ވިދާޅުވިއެވެ.

ދިރާސާގައި ބުނެފައިވަނީ ދަރިމައި ވެވެނީ އަންހެން މީހާގެ ހަށިގަނޑުގެ ގިނަ ކަންތައްތަކެއް އެކަމަށް "ފިޓްކޮށް" ހުރުމުން ކަމަށެވެ. އަދި ފަލަވުމަކީ އިތުރު ބައިތަކަށް ވެސް އެކަމުގެ ބާރު ފޯރައި ދަރިން އަށަގަތުމަށް މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށެވެ.

"ފަލަވުމުމަކީ ވަރަށް ގިނަ ގޮތް ގޮތުން ސިއްޙަތަށް ގެއްލުންހުރި ކަމެއް. ފަލަވެއްޖެނަމަ ނުވަތަ ބަރުދަން މާބޮޑަށް އިތުރުވެއްޖެނަމަ ހަކުރުބަލީގެ މައްސަލަ އެބަ ކުރިމަތިވޭ، އެހެން ބަލިތައް ވެސް އެބަގިނަވޭ. މިފަދަ އެތައް ގެއްލުންތަކުގެ ސަބަބުން ވެސް ދަރިމައިވުމަށް މައްސަލަތައް ކުރިމަތިވޭ. އެހެންކަމުން މިއީ ވިސްނަންޖެހޭ ކަންކަން. ރަނގަޅު ޑަޔަޓެއް ފޮލޯ ކުރުމަށާއި ކަސްރަތު ކުރުން" ޑރ. މަޚްތޫމް ވިދާޅުވިއެވެ.

ދިރާ ސާގައި ބުނެފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުގައި ދަރިމައި ނުވުމުގެ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ޅަ އުމުރުގައި މައިން ފަލަވުން ކަމަށެވެ.

މަސްދަރު: ދުބާއީ ލައިވްސް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!