ވިޔަފާރި

ދިރާގު ޓީވީއިން "ފީ ފްރީ" ގެ ނަމުގައި މުޅިން އާ ޕްރޮމޯޝަނެއް ފަށައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގު ކަސްޓަމަރުންނަށް އަނެއްކާވެސް ވަރަށް ޙާއްސަ ޕޮރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

Ads by Sosun Fihaara

ދިރާގުގެ މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިއަަހަރުގެ މެއި މަހުގެ 31 އާއި ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ  ބަލާލެވޭނެ ކަމަށް ވެއެވެ. މި މުއްދަތުގެ ތެރޭގައި ދިރާގުޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތް ދޭ ޗެނަލެވެ.

ރާއްޖޭގެ %77  ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް އެކުންފުނިން ފޯރުކޮށްދީފައި ވާއިރު، އޭގެ ތެރޭގައި  54 ރަށް ހިމެނެއެވެ. އެގޮތުން، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް: https://bit.ly/3bBZ4wB

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!