އީސީގެ ނައިބު ރައީސް ހަބީބުގެ މައްސަލައެއް އޭސީސީއަށް!

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އިންފޮމޭޝަން އޮފިސަރ ޙަސަން މަނިކު ވިދާޅުވީ، ހަބީބުއާ ގުޅޭ މައްސަލައެއް މިއަދު ހެނދުނު އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
"މި މައްސަލައަކީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބުއާ ގުޅުން ހުންނަ ޙައްޖު ޢުމްރާ ގްރޫޕެއްގެ ޑޮކިއުމެންޓްތަކެއް އިލެކްޝަން ކޮމިޝަންގެ ތެރެއިން ޕްރިންޓު ކުރާ ކަމުގެ ތުހުމަތުގެ މައްސަލައެއް" ޙަސަން މަނިކު ވިދާޅުވިއެވެ.
މި މައްސަލަވެސް އެހެން މައްސަލަތައް ކުރިއަށް ގެންދާ ޕްރޮސީޖަރގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ޙަސަން މަނިކު ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.