ކޮވިޑް-19: ދެއްވަދުއަށް އަރާ ފޭބުން މަނާ ކޮށްފި

ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ގއ. ދެއްވަދޫއަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ވެސް ވަނީ ވަނީ އެރަށް މޮނީޓަރިންގަށް ލާފައެވެ. އެގޮތުން މިމަހުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެރަށް މޮނީޓަރިންގަށް ލުމަށްފަހު ރަށުގެ މޮނީޓަރިންގެ ހާލަތު އުވާލީ ފެބްރުއަރީ އެއް ވަނަ ދުވަހުއެވެ.
ދެއްވަދޫން ފަހުން ނެގި ރޭންޑަމް ސާމްޕަލްތަކުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ. އެގޮތުން އެރަށުން 69 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
ދެއްވަދޫއަށް އަރާ ފޭބުން މަނާކޮށް އެޗްޕީއޭއިން ވަނީ އެރަށު ކައުންސިލަށް ލިޔުން ފޮނުވާފައެވެ.
އެ ލިޔުން ފޭސްބުކްގައި ހިއްސާކޮށް އެރަށު ކައުންސިލުން ބުނީ، ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާތީ އެރަށް މޮނީޓަރިންގަށް ލާފައިވާ ކަމަށެވެ.