Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިޔާސީ ނިޒާމެއްގައި ވަޒީރެއްގެ އިތުބާރު ނެތުމުން މަގާމުން ވަކިކުރުމަކީ ރައީސްއަށް ލިބިގެންވާ ބާރެއް: ޑރ. ދީދީ

ރިޔާސީ ނިޒާމެއްގައި ވަޒީރެއްގެ އިތުބާރު ނެތުމުން މަގާމުން ވަކިކުރުމަކީ ރައީސްއަށް ލިބިގެންވާ ބާރެއް: ޑރ. ދީދީ

ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ވަޒީރެއްގެ އިތުބާރު ނެތް ހާލަތުގައި، އޭނާ މަޤާމުން ދުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.ދީދީ މިހެން ވިދާޅުވެފައި ވަނީ ބޮޑު އަޣްލަބިއްޔަތަކާއެކު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަގާމުން ވަކި ކުރަން، އިތުބާރު ނެގި ކަމުގެ މައްސަލަ ނަގާ ނިންމިއިރު، ވަޒީރުގެ އިތުބާރު ގެއްލިގެން އުޅޭ ސަބަބެެއް ރައްޔިތުންނަށް ނޭނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ޑރ. ދީދީ ވިދާޅުވީ ވަޒީރުންނަކީ ޕާލިމެންޓަރީ މެޖޯރިޓީއަކުން އުފަންވާ ބައެއް ނޫން ކަމަށާއި، ވަޒީރެއްގެ އިތުބާރު ނެތުމުން މަޤާމުން ވަކިކުރުމަކީ މަޖިލީހުގެ އިޚްތިޞާޞެއް ނޫން ކަމަށެވެ.

Advertisement
Allied — Dhen Online (box)

" ވަޒީރެއްގެ އިތުބާރު ނެތުމުން މަޤާމުން ވަކިކުރުމަކީ ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް. މަޖިލީހުގެ އިޚްތިޞާޞެއް ނޫން. އެހެނީ ވަޒީރުންނަކީ ޕާލަމެންޓަރީ މެޖޯރިޓީއަކުން އުފަންވާ ބައެއް ނޫން." ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ކަނޑައަޅާފައިވާއިރު، ރައީސް އިބްރާހިމް ޞާލިހް މިކަމުގައި ވަކި އެއްޗެއް މިހާތަނަށް ވެސް ވިދާޅުވެފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓަރކަމުގެ މަޤާމު އަދާ ކުރައްވަމުން ގެންދެވި މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މިއީ މިސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ކަނޑައެޅި ފުރަތަމަ ފަަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް