Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އުނގޫފާރުގައި ކުޑަ ކުއްޖަކު ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެއްޖެ

އުނގޫފާރުގައި ކުޑަ ކުއްޖަކު ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެއްޖެ

ރ. އުނގޫފާރުގައި ކުޑަ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ޙަސަން ފަޒީލް ވިދާޅުވީ އުމުރުން އެއް އަހަރާއި 4 މަހުގެ ކުޑަ އަންހެން ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި، ހާލު ދެރަވުމުގެ ސަބަބުން މީގެ 5 މިނެޓު ކުރިން އައިސީޔޫ އަށް ބަދަލުކޮށް ފަރުވާ ދެމުންދާ ކަމަށެވެ.

"ކުއްޖާ މިހާރު އެމަޖެންސީ ރޫމުން އައިސީޔޫ އަށް ޓްރާންސްފަރ ކޮށްފައި ވަނީ ހާލު ސީރިއަސް ވެގެން" ފަޒީލް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މިހާދިސާ ހިނގައިގެން އެކުއްޖާ ހޮސްޕިޓަލަށް ގެނައީ 12:20 ހާއިރު ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.

"ދެން" އަށް މައުލޫމާތު ދެމުން އެރަށުން މީހަކު ބުނީ ކުޑަކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ، ކުޅެން އެތަނަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެ ކުއްޖާގެ މެއަށް ވަރަށް ބޮޑަށް ފެން އެޅިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް