ދިވެހި ރާއްޖެ މިއަދު މިވަނީ އަޅުވެތިވެ، ސަލާންޖަހާ ޤައުމަކަށްވެފައި: ދުންޔާ
ދިވެހިރާއްޖެ މިއަދު އަޅުވެތިވެފައިވާ ކަމަށް ކުރީގެ ފޮރިންގ މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދުންޔާ މައުމޫން ވިދާޅުވީ މިއަދު ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް ބަލާއިރު، ލަދު ގަންނަން އެބަޖެހޭ ކަމަށެވެ. އަދި ރާއްޖެ މިއަދު ފާހަގަވެފައި ވަނީ ސަލާން ޖަހާ ދަޢުލަތެއްގެ ގޮތުގައި ކަމަށާއި ދިވެހި ރާއްޖެ މިއަދު އަޅުވެތިވެފައިވާ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
"ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާލާއިރު، އަޅުގަނޑުމެން ލަދު ގަންނަން އެބަ ޖެހޭ. އެތައް ހާސް އަހަރެއް އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ފަޚްރުވެރި ތާރީޚެއް އޮތް ދިވެހި ރާއްޖެ މިއަދު ވަނީ އަޅުވެތިވެފައި. 1965 ވަނަ އަހަރު ދިވެހި ރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މިޤައުމުގައެއް ނެތް. އެ އަހަރު ޖުލައި 26 ގައި ރާއްޖެ ކުރި މުޢާހަދާގެ މަތިން މިއަދު ސަރުކާރުން ވަނީ ހަނދާން ނެތިފައި." ދުންޔާ ވިދާޅުވިއެވެ.
ދުންޔާގެ ވާހަކަފުޅުގައި މިއަދުގެ ސަރުކާރުގެ ސިޔާސަތުތަަކަށް ފާޑު ވިދާޅުވަމުން ވިދާޅުވީ، މިއަދު ރާއްޖެ މިވަނީ ވަކި ޤައުމެއްގެ ކައިރިން ސަލާން ޖަހާ ބަޔަކަށް ވެފައި ކަމަށާއި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އަމިއްލަ ފުދުން ތެރިކަން އިތުރު ކުރުމުގެ ބަދަލުގައި އެހީ ހޯދުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅުއްވާ ކަމަށާއި އެއްޗެއް ދޭ މީހާ ވަރަށް ގިނަ އަމިއްލަ އެދުން އޮންނާންކަން ޤަބޫލު ކުރަން ޖެހޭ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
"ބޭރުގެ ސަރުކާރުތަކުން، އަދި ވަކި އެއް ޤައުމެއްގެ ކައިރީ ސަލާންޖަހާ ބަޔަކަށް ވެފައި. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމުގެ ބަދަލުގައި އަބަދު އެހީ ހޯދަން ބޭނުންވާ ބަޔަކަށް ބަދަލުވެފައި." ދުންޔާ ވިދާޅުވިއެވެ.
އެމްޑީޕީ އިދިކޮޅުގައި އޮތްއިރު، ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއިން ނަގަމުން ދިޔަ ލޯނުތަކަކަކީ ދަންތުރަ އެއް ކަމަށް އޭރު އެޕާޓީގެ އިސް ފަރާތްތަކުން ސިފަކުރިއިރު، އެކަމަށް އަލިއަޅުވާ ދުންޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ވަކި ޤައުމަކުން ލޯނު ނެގުމުން އެއަށް "ދަރަނީގެ ދަންތުރަ" އޭ ކިޔާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލައަށް ރިޢާޔަތްކޮށް ދުންޔާ ވިދާޅުވީ، އެއްވެސް ބޭރުގެ ލަޝްކަރެއް ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި. ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ރާއްޖެ ވަނުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެއަކީ ޙަޤީޤީ މިނިވަން މުސްތަޤިއްލު، އަދި ފުދުންތެރި ޤައުމަކަށް ހަދަން. އެއްވެސް ބޭރުގެ ޤައުމުގެ ލަޝްކަރުން ރާއްޖޭގައި ތިބެގެން ނުވާނެ. އަދި މިސަރަހައްދުގައި އަދި ދުނިޔޭގެ ޤައުމުތަކުގެ ދޭތެރޭގައި ހިނގަމުންދާ ވާދަވެރި ކަމާއި އެކި އެކި މައްސަލަތަކުގައި އަޅުގަނޑުމެން ތާށިވެގެން ނުވާނެ" ދުންޔާ ވިދާޅުވިއެވެ.
ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން އެކުވެ، ރާއްޖޭގައި ހުރި ނުރަނގަޅު ކަންކަމާ ވާހަކަ ދައްކާ، ކަންބޮޑުންތަކާ ގުޅޭ ގޮތުން އަޑު އުފުލުމަށް އުފައްދާފައިވާ ސިޔާސީ ހަރަކާތެކެވެ.
އަލަށް އިފްތިތާހު ކުރި އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން އަލީ އިހުސާން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން ހިމެނިވަޑައިގަންނަވައެވެ
ދެންއޮތީ އަތްޖެހުން…..
ކަލޯ ބަފާ 30 އަހަރު ކީއްކުރީ
މިޔަކީ ކަމަނާގެ ބައްޕާ ފުޅުވެސް ބައިވެރިވެގެން ގެނައި
އަޅުވެތިކަމެއް
ލޮބުވެތި ޔާމީން ގެންނެވި މިނިވަންކަން ބޭނުންފުލުނުކުރެއްވި
ތިހުރިހާ ވަހަކޔެއްވެސް މަންޖެމެން ތިޔަ ދައްކަނީ ތިޔަ ހުރިހާ ކަމެއްގެ މުލުގަ ހުރެގެން. ވާހަކަތަށް ނުދައްކަ މައިތިރިވެގެން ހުރިއްޔާ މާތާހިރުވާނެ.
ކަލޭ ބައްޕަ އިރުވެސް މިފަދަ ހާލަކު