Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19: ގާފަރުން ދެ މީހަކު ފައްސިވެއްޖެ

ކޮވިޑް-19: ގާފަރުން ދެ މީހަކު ފައްސިވެއްޖެ

ކ. ގާފަރުގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގާފައު ހެލްތު ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި ފައްސި ވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި 2 މީހެކެވެ. އެމީހުންގެ ސާމްޕަލް ނަގާފައި ވަނީ 3 މާޗް ގައެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކާއި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ހެލްތް ސެންޓަރުން ބުނެއެވެ. އަދި ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

Advertisement
HDC — Sidebar (box)

އަދި މިކަމުގައި ގާފަރު ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް ސިއްހީ މަރުކަޒުން އެދިފައިވެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފައި ވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 20،280 މީހުން ފައްސި ވެފައިވެއެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއި ގުޅިގެން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް