Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވައިބަރ އަންއިންސްޓޯލް ކޮށްފަ އަލުން އެޅިޔަސް މައްސަލަ ހައްލެއް ނުވާނެ: ވައިބަރ

ވައިބަރ އަންއިންސްޓޯލް ކޮށްފަ އަލުން އެޅިޔަސް މައްސަލަ ހައްލެއް ނުވާނެ: ވައިބަރ

އައިފޯނު ތަކަށް ގިނަ އެޕްތަކެއްގައި މައްސަލަ ޖެހެމުން އަންނަ ކަމަށާއި އޭގެތެރޭގައި ވައިބަރވެެސް ހިމެނޭ ކަމުގައި ވައިބަރ އިން ބުނެފިއެވެ.

ވައިބަރ ގެ ރަސްމީ ޓްވިޓަރ ހޭންޑަލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވައިބާ ފަދަ އެތައް ހާސް އެޕްތަކަކަށް އައިއޯއެސް ނުވަތަ އައިފޯނުގައި މި މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއީ ޓެކްނިކަލް މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް ބުނެފައިވެއެވެ.

އަދި ވައިބަރ އަންއިންސްޓޯލް ކޮށްފަ އަލުން އިންސްޓޯލް ކޮށްގެން މައްސަލަ ހައްލުނުވާނެ ކަން ވެސް ވައިބަރ އިން ފާހަގަކޮށްފައިވެއެވެ.

Advertisement
Allied Insurance — Square (box)

ވައިބަރ ގެ އިތުރުން ޕަބްޖީ އިން ވެސް ވަނީ އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އެ ގޭމް ބޭނުންކުރުމުގައި މައްސަލަތަކާ ކުރިމަތިލާން ޖެހެމުން އަންނަ ކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ސްޕޮޓިފައި، ޕިންޓްރެސްޓު، ގެ އިތުރުން ޓިކްޓޮކާއި ޓިންޑަރ ވެސް ވަނީ ޑައުން ވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް