Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދޭވޭތޯ މިދަނީ މަސައްކަތް ކުރަމުން: ގަވަރުނަރު

ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދޭވޭތޯ މިދަނީ މަސައްކަތް ކުރަމުން: ގަވަރުނަރު

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ދިމާވެފައިވާ ދަތިކަމުގައިވެސް، ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްވައިފިއެވެ.

ގަވަރުނަރު ހާޝިމް ބައެއް މީޑިއާތަކަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން އެކިގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމުން، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ހުއްޓިފައިވާ ކަމަށެވެ. އަދި މިކަންކަމުގެ ތެރެއިންވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ކޮވިޑްގެ ހާލަތު އައުމުގެ ކުރިންވެސް ރާއްޖޭގައި ޑޮލަރަށް އުފެދިފައި އޮންނަ ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭއިން އެކި ސްޓްރެޓަޖީ ބޭނުން ކުރާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭން ބޭރުން ޑޮލަރު އެތެރެކުރުންވެސް ހިމެނޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މިފަދަ ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ގަވަރުނަރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަަން އުފުލެމުން އަންނާތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް