އިންސާނުންނަށްވުރެ މާ ތޫނުފިލި ގުރައެއް
ގުރައަކީ އަބަދުވެސް ތޫނުފިލިކަމާއި ޖަނަވާރެއްގެ ގޮތުގައި ފާހަގަވެފައި އޮންނަ ދޫންޏެކެވެ. އެގޮތުން އިންސާނުން ދައްކާ ވާހަކަ ނަކަލު ކޮށްގެން ދެއްކުމާއި ތަފާތު އެކި އުކުޅުތައް ދައްކައި އުޅުމަކީ ގުރަ އަށް ލިބިފައިވާ ހާއްސަ ސިފައެކެވެ.
އެގޮތުން ދާދި ފަހުން ގުރައެއް މި ވަނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީ ކަމަށްވާ ހަވާޑް ޔުނިވާސިޓީ ގެ ދަރިވަރުންނަށް ވުރެ ވެސް ތޫނުފިލިކަން ދައްކާލާފައެވެ. އެގޮތުން އެ ޔުނިވާސިޓީގައި ކުރި މެމަރީ ޓެސްޓަކުން އެ ގުރާ ވަނީ ހަވާޑް ދަރިވަރުންގެ މައްޗަށް ކުރި ހޯދާފައެވެ.
އިންސާނުންގެ ހަނދާން ހުންނަ މިންވަރު ބެލުމަށްޓަކައި ކުރި މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އެފްރިކަން ގްރޭއެކެވެ.
މި ދިރާސާ މިހާރު 'ނޭޗާ' ޖާނަލް ގައި ޝާއިއުކޮށްފައިވާއިރު މި ޓެސްޓުގައި 4 ކުލައެއްގެ ޕޮމްޕޮމް ބޭނުން ކޮށްގެން ވަނީ ގުރާ ޓެސްޓު ކޮށްފައެވެ.
ގުރާގެ އިތުރުން މި ދިރާސާގައ އިތުރަށް ބައިވެރިވެފައިވަނީ އެ ޔުނިވާސިޓީގައި އިންޖިނިއަރިން އަދި ޕްރިމެޑް ފަދަ ދާއިރާތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ދިރާސާ އަށް ފަހު ގިނަ ބަޔަކު އަންނަނީ މިއީ ދުނިޔޭގައި އުޅޭ އެންމެ ތޫނުފިލި ގުރާ ކަމުގައި ބުނަމުންނެވެ.