Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ސުނާމީގައި ގެއްލުނު މީހެއްގެ ހަށިގަނޑު އެތައް އަހަރެއް ފަހުން ފެނިއްޖެ

ސުނާމީގައި ގެއްލުނު މީހެއްގެ ހަށިގަނޑު އެތައް އަހަރެއް ފަހުން ފެނިއްޖެ

2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ގެއްލުނު އަންހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މީހާ އަކީ ކާކުކަން މިހާރު ވަނީ ހޯދިފައެވެ. އަދި އެމީހާގެ ހަށިގަނޑު ފެނިފައި މިވަނީ މި ކާރިސާއަށް 10 އަހަރު ވާން ކައިރިވެފައި ވަނިކޮށް ކަމަށް ވެސް މީޑީއާ ތަކުން ރިޕޯޓް ކުރެއެވެ.

މި މީހާގެ ކަށިތައް ފެނިފައި ވަނީ ފެބްރުވަރީ 17 ވަނަ ދުވަހު ޖަޕާންގެ މިޔާގީގެ ގޮނޑުދޮށާ ކައިރި ހިސާބަކުންނެވެ. އަދި އެ ކަށިގަނޑުގެ ފޮރިންސިކް ޑެންޓަލް އަދި ޑީއެންއޭ އިން ސާބިތުވި ގޮތުގައި އެމީހާ އަކީ 61 އަހަރުގެ ހިގާޝިމާޝުޝީމާ އެވެ. އަދި އެމީހާ އަކީ 2011 ވަނަ އަހަރުގެ މާރޗް 11ގައި އެގައުމަށް އެރި ސުނާމީގައި ގެއްލުނު މީހެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

2011 ވަނަ އަހަރު ޖަޕާނަށް އައި ބިންހެލުންތަކާއި ސުނާމީ ތަކުގައި ޖުމުލަ 15،899 މީހުން މަރުވެފައިވާއިރު 2500 މީހުން ވަނީ ގެއްލިފައެވެ. އެހެންކަމުން، ގެއްލުނު ފަރާތްތަކުގެ ހަށިގަނޑު ނުފެންނާތީ އެމީހުންގެ އާއިލާތައް އަދިވެސް ތިބީ އެކަމުގެ ހިތާމައިގައެވެ.

މިއަދު ހޯދުނު އަންހެންމީހާގެ ދަރިފުޅު ވަނީ އެގައުމުގެ ފުލުހުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާގެ މަންމަގެ ކަށިގަނޑު ނަމަވެސް ފެނުމުން އޭނާ ވަރަށް އުފާވެއްޖެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް