ޚަބަރު

އިޔާޟަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ، އެބޭފުޅާ ދެއްވާ ރައްދަށް ކެތް ނުކުރެވެނީ: ޝެއިހް އިލްޔާސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
{"uid":"9C56DF0B-7175-4C7E-95AA-501FDF9530F0_1614969191805","source":"other","origin":"unknown"}

ދީނީ އިލްމު ޑރ،އިޔާޟް އަބްދުއްލަތީފަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ އިލްމުވެރިޔާ ކަމަށާއި ޖެހިލުމެއް ނެތި މާޒީގެ ވެރިންނަށް ދެއްވާ ރައްދަށް އެބޭފުޅުންނަށް ކެތް ނުކުރެވެނީ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދާލާތު ޕާޓީގެ މެންބަރު ޝެއިހް އިލްޔާސް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ،އިޔާޟާ މެދު ނާއިންސާފުން އަޅާ ފިޔަވަޅަކީ އެބޭފުޅުން ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

އިލްޔާސް މިފަދައިން ޓްވީޓް ކުރައްވާފައި ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމު އަދާ ކުރައްވާ އަދާލަތު ޕާޓީގެ މެންބަރު ޑރ.އިޔާޟް މަގާމުން ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެންޔޫ އިން ސަސްޕެންޑު ކުރި ސަބަބު "ދެން" އަށް ކިޔައިދެއްވަމުން ޑރ.ޢިޔާޟް ވިދާޅުވީ ލިޔުމެއް ހަވާލު ކުރަން ޖެހޭކަމަށް ބުނެ އިއްޔެ އެމަނިކުފާނު އެޔުނިވާސިޓީގެ އެޗްއާރް ޑިޕާޓްމަންޓުގެ ހެޑް ކައިރިއަށް ހާޒިރުކުރި ކަމަށާއި މީސް މީޑިއާގައި ޑރ. ޢިޔާޟް ލިޔުއްވާ ބައެއް ލިޔުންތަކާ ގުޅިގެން، އާންމުންގެ ފަރާތުން ބައެއް ޝަކުވާ އައިސްފައިވާތީ 14 ދުވަހަށް އެމަނިކުފާނު ސަސްޕެންޑު ކުރަން ސީނިއާ މެނޭޖްމަންޓުން ނިންމި ކަމަށް ވިދާޅުވި ކަމަށެވެ. އަދި އޭނާ ސަސްޕެންުޑު ކުރީ ނަގައިދޭން ޖެހޭ ކްލާސްތަކެއް ވެސް ކުރިއަށް އޮއްވާ ކަމުގައި އިޔާޟް ފާހަގަ ކުރެއްވިއެވެ.

ޑރ.އިޔާޟް ސަސްޕެންޑު ކޮށްފައިވަނިކޮށް، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ޑރ. އިޔާޟް ދޫކޮށްފައި ބަހައްޓައިފިނަމަ އަންހެން ދަރީން މަރަން ވެސް ގޮވާލާފާނެ ކަމަށާއި،  ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތް ކުރާ އެފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރި ކުރަން ގޮވާލާ”ކަމަށެވެ.

  1. ޖާނޭ

    2 މޮޅެއް ނުވާނެ.

  2. މުޙަންމަދު

    މުނާފިގަކީ ކާކުކަން އަމިއްލަ ނަފްސާ ސުވާލުކޮއްލާ!!

  3. މެން

    އެހެންވީމަ ބުނަނީ އެނގުމާއި ނޭނގުމުގެ ތަފާތު ހުންނާނެޔޭ! ޢެނގޭ މީހާ ހައްޤުބަސްބުނާނީ! ޑރ ޢިޔާޒު އަކީ އިސްލާމީ ޢިލްމުން ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ޢިލްމުވެރިއެއް! ޢާޒިމަކީ ދީނަކީ ކޮބައިކަންވެސް ނޭނގޭހާލު، ޕާޓީ އެއްގެ ފަހަތުގަ އެލިގެން، މަގުމަތީ ހޭރެމުން ގޮސް މަޖިލިސްތެރެއަށް ވަދެވިފައޮތް ގޮފަޅެއް! ޢެހެންވީމަ ހަމަ މަގުނޭނގިގެން އެއުޅެނީ!

    • ކަންނެލިއޮޑި

      އެނގުމާ ނޭނގުމުގެ ތަފާތު ތިދެމީހުންނަކުން ނޭނގޭ. ހަމަ އެއްކަހަލަ ކުނި ދެ އަނގަގަނޑު. ދެމީހުންވެސް އުޅެނީ ލާދީނީ، ޣައްދާރު ބައިގަނޑެއް ދިފާއު ކުރުމުގެ ބުރަ މަސައްކަތުގަ. ތަފާތެއް އެބަހުރި؟

  4. އަހުމަދު

    އާޒިމްމާމައްޗަށްނުދައްޗޭ ތިރިކޮއްލަންޖެހިދާނެ

    • ާހަސަން

      ޢާޒިމްކަންތައް ނިއްމާލަން ޖެހިދާނެ.
      ނުފުއްޕާ ހުރޭ.

  5. ކިނބޫ

    ލާދީނީ ވެރިންގެ ފަހަތުން ދުވެދުވެ ތިތިބީ. ކުރެވޭނުކުރެވޭ ކަމެއްވެސް ނޭނގޭ ހާލުގައެއްނު ތިތިބީ. އަނގަ މަޑުން ލައިގެން ދެންވެސް ތިބޭ.