ދުނިޔެ

އޮޕަރޭޝަން ކުރި ވަގުތު ހޭނުނެތުމުން، ނެގީ ސެލްފީ!

ދެން އެމްވީ ، ދެން އޮންލައިން

މިއީ ވަރަށް މަދު ފަހަރަކު ނޫނީ ނުވާ ކަމެކެވެ. ބޮޑު އޮޕަރޭޝަނެއް ކުރާއިރު ގިނަ ބަލިމީހުން ހޭނައްތައެވެ. ނަމަވެސް އިނގިރޭސިވިލާތަށް އުފަން ޖިމް މާރފީ (54އ.) މުޅިން ތަފާތެވެ.

Ads by WAMCO

އޭނާގެ އަނބިމީހާގެ ސިކުނޑީގައި ވެސް އުފެދުނުފަދަ ޓިއުމަރެއް ޖިމް ގެ ސިކުނޑީގައި ވެސް އުފެދިފައި ހުރުމުން، ހަލް ރޯޔަލް އިންފާރމަރީގެ އޮޕަރޭޝަން ތިއޭޓަރުގައި އޭނާ ފަސް ގަޑިއިރު ހޭދަ ކުރަން ޖެހުނީ ހޭލައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ހޭނައްތަން ޖިމްގެ ގަޔަށް ޖެހި ބޭހުން ޖިމް އަކަށް އަސަރެއް ނުކުރެއެވެ. އެހެންކަމުން އޭނާ އެހުރިހާ ވަގުތު އޮތީ ހޭލާ ކަމަށާއި އޮޕަރޭޝަން ކުރަމުން ދިޔައިރު ޑޮކްޓަރުންނާއި ނަރުހުންނާއި އޭނަ ވާހަކަ ދެއްކި ކަމަށް ވެސް ބުންޏެވެ.

"ނިދޭތޯ ބަލަން އަހަރެން ވަރަށް މަސައްކަތް ކުރިން. ލަވަ އަޑުއެހޭތޯ ވެސް އުޅުނިން. އޮޕަރޭން ތިއޭޓަރުގައި އޮވެ ސެލްފީ ނަގާފައި އަހަރެންގެ ގާތް އެކުވެރިންނަށާއި އާއިލާއަށް ވަޓްސްއެޕުން ވެސް ފޮނުފިން" ޖިމް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!