ޚަބަރު

ކޮވިޑް-19: މިލަންދޫ އިން ފައްސިވި މީހުންގެ އަދަދު ފަހަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ށ. މިލަންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ފަހަކަށް އަރާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

Ads by STELCO

މިލަންދޫ ކައުންސިލުން ވިދާޅުވީ ހޯމް ކަރަންޓީން ނިމުމުން ރިލީސް ސާމްޕަލް ނެގި ފަސް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

މި ކޭސްތަކާ ގުޅިގެން އެ ރަށުން ރެންޑަމް ސާމްޕަލް ނެގިއިރު ޖުމްލަ 107 ސާމްޕަލް ވަނީ ނައްސި ވެފައެވެ. އެއާއެކު އެ ރަށުގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 20،565 މީހުން ފައްސި ވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 17،836 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެެއްޖެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 167 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 543،987 ސާމްޕަލް ނަގައިފައި ވެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!