ދިޔާނާ ނެތް ދުނިޔޭގައި އަޅުގަނޑު ވެސް ނުހުންނާނަން: ޖާބިރު
ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ ތަފާތު ސަޚުސިއްޔަތެކެވެ. ގިނަ ބައެއްގެ ފޭވަރިޓެކެވެ. ގިނަ މީހުންނަށް ކަމުދަނީ އެބޭފުޅާގެ ސަމާސާ މިޒާޖާއި އެބޭފުޅާގެ ތަފާތު ވާހަކަ ތަކެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޖާބިރުގެ ވީޑިއޯއެއް ވައިރަލް ނުވާއިރެއް ނެތްކަމީ އޭގެ ދަލީލެކެވެ.
ޖަޒީރާ އިން ގެނެސްދިން ޕްރޮގުރާމެއްގައި ޖާބިރު ދެއްވި އިންޓަރވިއުއެއްގައި ޖާބިރުގެ ހިތުގައި އެބޭފުޅާގެ އަނބިކަނބަލުން ދިޔާނާއަށް ޓަކައި އޮތް ލޯބި ހާމަކޮށްދޭ އެކި ވާހަކަތައް ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން ދުވަހަކު ވެސް ދިޔާނާ ދޫކުރައްވާ އެހެން ބޭފުޅަކާ ކައިވެނި ބައްލަވައި ގަންނަވާނަންތޯ ކުރި ސުވާލަށް ޖާބިރު ދެއްވި ޖަވާބުން މިފަހަރު ވެސް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ އެބޭފުޅާއަކީ ދިޔާނާ ދޫކޮށްފައި ގޮސްދާނެތީ ބިރުން ހުންނަވާ ބޭފުޅެއް ކަމަށާއި، އެކަހަލަ ކަމެއް ކުރަން އެބޭފުޅާއަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ދިޔާނާ ނެތް ދުނިޔޭގައި ޖާބިރު ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެކަހަލަ ޚިޔާލެއް ދުވަހަކުވެސް ނުކުރާ ކަމަށާއި، ދިޔާނާ ވެސް ޖާބިރު ދޫކުރައްވާ ނުދާނޭ ކަން ޖާބިރު ފާހަގަ ކުރެއްވިއެވެ، އަދި ޖާބިރާއި ދިޔާނާ ވެސް އުޅުއްވަނީ ނުހަނު ލޯބިން ކަމުގައި ޖާބިރު ފާހަގަ ކުރެއްވިއެވެ.
ޖާބިރުގެ މި ޖަވާބުން އަނބިކަނބަލުން ދިޔާނާއަށް ޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ހާމަވެގެން ދެއެވެ. އަދި މި ވީޑިއޯ ކްލިޕްކޮޅު މިހާރު އެކި މަންސަތަކުގައި ދައުރު ވަމުން ދާއިރު، ގިނަ ބަޔަކު އަންނަނީ އެ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށް ބުނެ ކޮމެންޓު ކުރަމުންނެވެ،
ރާއްޖޭގައި އިލާމިކްމިމިނިސްރީއެއް ހުންނަށްނުޖެހޭއިރު އިންޑިއާ ގެއަސްކަރީ މަރުކަޒުއަޅަން ޖާބިރުގަބޫލު މި ވަނީކިހިނެތް ލާދީނީމީހު ންގެސިފަތިފެންނަނީ
އެހެންވީމާ ޖާބިރަކީ އަމިއްލައަށް މަރުވާގޮތައް ލައިފުުޖެކެޓް އަޅައިގެންހުރި އިންސާނެއްތާ.އެހެން ވިއްޔާ ޢަބްދުﷲޖާބިރު ހ.ތިމާވެށި49އަހަރު ހަނުުުހައްޕު.