ރާއްޖޭ ކުޅިވަރު

ޒަންޑަ ހަނާރާ ފުޓްސަލްކަޕް 2021: ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމި، ސެމީ ފައިނަލްގެ ފޯރިގަދަ މެޗުތައް މިއަދު ފަށަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާފަރުގެ ކްލަބެއް ކަމަށްވާ ކްލަބް މެދު ސިޓީއިން އިސް ނަގައިގެން ކުރިއަށް ގެންދާ "ޒަންޑަ ހަނާރާ ކަޕް 2021"ގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި ސެމީ ފައިނަލަށް ދާ ޓީމްތައް ޔަގީން ވެއްޖެއެވެ.

Ads by Hajj Corporation

އިއްޔެ ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފައިވަނީ ކޭންކޭން އެސްސީ އާއި ކްލަބް މެދު ސިޓީ އެވެ. މި މެޗު 5-8ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޭންކޭން އެސްސީއެވެ. އަދި މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކުރީ ލަ ޕުލްގާ އަދި ބްލޯ ނިއު ޖަނަރޭޝަން އެވެ. މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗު3-4ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ލަ ޕުލްގާ އެވެ.

މި މުބާރާތުގެ މެޗުތައް ރޭގައި ވެސް ކުޅެފައިވެއެވެ. އެގޮތުން ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ކްލަބް މެދު ސިޓީ އަދި ބްލޯ ކިންގެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗު ނިމިގެން ދިޔައީ 3-3ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ރޭގައި ކުޅެވުނު ދެވަނަ މެޗުގައި ވާދަ ކުރީ ބްލޯ ނިއު ޖަނަރޭޝަން އަދި 96 ހެޕީ ކްލަބެވެ. މި މެޗު ވެސް ނިމުނީ 3-3ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

ރޭ ކުޅެވުނު ތިންވަނަ މެޗުގައި ވާދަ ކުރީ ކޭންކޭން އެސްސީ އަދި ބްލޯ ކިންގެވެ. މި މެޗު 4-8ގެ ނަތީޖާއަކުން ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ ކޭންކޭން އިންނެވެ. ރޭގެ ފަހު މެޗުގައި ވާދަ ކުރީ 96 ހެޕީ ކްލަބާއި ލަ ޕުލްގާއެވެ. މި މެޗު 7-1ގެ ނަތީޖާއަކުން ކާމިޔާބު ކުރީ 96 ހެޕީ ކްލަބުންނެވެ.

ރޭގެ ނަތީޖާ ތަކާއެކު ގްރޫޕް އެކަކުން ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކޭންކޭން އެސްސީ އަދި ބްލޯ ކިންގެވެ. 6 ޕޮއިންޓާއެކު ކޭންކޭން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކުރި އިރު ދެވަނަ ޓީމެއްގެ ގޮތުގައި މެދު ސިޓީ ސެމީއަށް ދިޔައީ ބްލޯ ކިންގެެވެ.

ގްރޫޕް 2 އިން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކުރީ 96 ހެޕީ ކްލަބެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި ލަ ޕުލްގާއެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު، 4:15ގައި ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ބްލޯ ކިންގާއި ލަޕުލްގާއެވެ. އަދި 17:15ގައި 96 ހެޕީ ކްލަބާއި ކޭންކޭން އެސްސީގެ ގަދަ ހިފުން އޮންނައިރު މުބާރާތުގެ ފައިނަލް މެޗު މާދަމާ ރޭ 21:30ގައި ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މާފަރުގެ އެކި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ޒުވާނެއް ކަމަށްވާ ޒަހީން އަބްދުﷲއެވެ. އަދި މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ މާފަރުގެ ކްލަބެއް ކަމަށްވާ "ބުއްލާރު" އެވެ. މީޑިއާ ސްޕޮންސަރަކީ "ދެން އެމްވީ" އެވެ. އަދި ފޮޓޯގްރަފީ ޕާރޓްނަރަކީ "ދި އައިލެންޑް ފޮޓޯގްރަފީ" އެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!