Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިންތިޚާބު ކާމިޔާބު ވަނީ ވޯޓުގެ ނަތީޖާއިން، އީސީއިން ކަމެއް ކޮށްދީގެނެއް ނޫން: ޝަރީފް

އިންތިޚާބު ކާމިޔާބު ވަނީ ވޯޓުގެ ނަތީޖާއިން، އީސީއިން ކަމެއް ކޮށްދީގެނެއް ނޫން: ޝަރީފް

އިންތިޚާބު ކާމިޔާބު ވަނީ ވޯޓުގެ ނަތީޖާއިން ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަމެއް ކޮށްދީގެންވާ ކަމެއް ނޫން ކަމުގައި އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އީސީ ޝަރީފް މިހެން ވިދާޅުވީ އެކޮމިޝަންގެ މެންބަރުން ވަޒީފާގެ ބިރަށްޓަކައި، އެމްޑީޕީއަށް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކުރާކަމަށް އިދިކޮޅުން ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ލޯކަލް ކައުންސިލް އިންތިހާބުގެ އިދިކޮޅުގެ ކެމްޕޭން މެނޭޖަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތެއް ދީފިނަމަ ޕީޕީއެމް/ޕީއެންސީ އިން އިންތިހާބު ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތުމުން ސަރުކާރުން ދަނީ ހުރިހާ މުއައްސަސާތަކެއް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އީސީގެ ރައީސް ވިދާޅުވީ އިންތިޚާބު ކާމިޔާބު ވަނީ ވޯޓުގެ ނަތީޖާއިން ކަމަށެވެ.

"އީސީއިން ކަމެއް ކޮށްދީގެން ވާގޮތަކަށް ނޫން އޭރު ވެސް އަދި މިހާރު ވެސް އޮތީ. ރައްކާތެރިވެ ތިއްބަވާ ކެމްޕޭނު ކުރައްވާ. އެންމެ ވޯޓަކުން ވެސް ނަތީޖާ ބަދަލު ވެދާނެ" އީސީ ޝަރީފް ވިދާޅުވިއެވެ.

https://twitter.com/ShareefRangondi/status/1368152306026389514?s=20

އިދިކޮޅުގެ ފަރާތުން ކުރާ ތުހުމަތުގެ ތެރެއިން ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، ރީ ރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ނުޖަހަން ކަނޑައަޅަން އީސީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅަން ނިންމި ނިންމުމަކީ އެކަމުގެ ތެރޭގައި ޖާއިޒު ނޫން މަންފާތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ އީސީ ޝަރީފް ވިދާޅުވީ ރީ ރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ޖެހުމުގައި ލުޔެއް ހޯދަން މަސައްކަތް ކުރަނީ އޮންލައިންކޮށް، އެ މަސައްކަތް ކުރިއަށް ގެންދަންވެގެން ކަމަށާއި ދޮގު ނުފެތުރުމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް