Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑަށް ފައްސިވާ މީހުން ގިނަވުމަކީ ލިބޭ ރަނގަޅެއް: ނަސީމް

ކޮވިޑަށް ފައްސިވާ މީހުން ގިނަވުމަކީ ލިބޭ ރަނގަޅެއް: ނަސީމް

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ގިނަވުމަކީ ރަނގަޅެއް ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ "ދިވެހިރާއްޖޭގެ އަޑު" އިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔާ އަޅާ ބަލާ އިރު މިހާރު ކޮވިޑަށް ޓެސްޓު ކުރާ އަދަދު ގިނަ ވާނެ ކަމަށެވެ. ގިނައިން ޓެސްޓު ކުރާ ވަރަކަށް ފައްސިވާ މީހުން ވެސް ގިނަވާނެ ކަމަށާއި ފައްސިވާ މީހުން ގިނަވުމަކީ ލިބޭ ރަނގަޅެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“ޕޮޒިޓިވްވާ މީހުން ގިނަވުމަކީ އަޅުގަނޑުމެންނަށް ލިބޭ ރަނގަޅެއް. ބަލި ކޮންޓްރޯލް ކުރުމަށް ލިބޭ ރަނގަޅެއް. މިއާއެކީ އަޅުގަނޑުމެން ވެކްސިން ޕްރޮގްރާމް ކުރިއަށް މިގެންދަނީ. މިހާރު ދިވެހިރާއްޖެ އަކީ ވެކްސިން ޕްރޮގްރާމްގައި ދުނިޔޭގައި އެންމެ މަތީ ގާތްގަނޑަކަށް ހަތަރު ފަސްވަނައިގައި އުޅޭ ގައުމެއް." ނަސީމް ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެކްސިން ދިނުން ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް