ޚަބަރު

އަލަށް ލައިސަންސް ނަގާ މީހުންނަށް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން: ޓްރާންސްޕޯޓް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަލަށް ލައިސަންސް ނަގާ މީހުންނަށް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެެވެ.

Ads by Hajj Corporation

އެ އޮތޯރިޓީއިން ބުނީ އާންމުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެޗްޕީއޭއާ މަޝްވަރާކޮށްގެން ހިދުމަތް ދެވޭނެ ގޮތެއް އިންތިޒާމުކޮށް އަލަށް ލައިސަންސު ނަގާ މީހުންނަށް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލައިސަންސު ދޫކުރުން މެދުކަނޑާލާފައިވާ ހާލަތެއްގައި ލައިސަންސު ނެތި ޖޫރިމަނާ ކުރަމުން ދާތީ އެކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ލައިސަންސް ޓެސްޓު ހެދުމާއި، ލައިސަންސް ދުކުރުން ވަގުތީގޮތުން މެދުކަނޑާލީ މި ދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އެ އޮތޯރިޓީއަށް ވަކި އަދަދަކަށް ވުރެ ގިނަ މީހުން އެއް ގަޑިއެއްގައި ގޮސް އެއްވުމަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ ހިލާފު ކަމަކަށް ވާތީ ކަމަށެވެ.

ލައިސަންސް ނެގުން ހުއްޓިފައިވާތީ އެކަމާ ދެކޮޅަށް ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން ދިޔަައީ ޖޫރިމަނާތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ލައިސަންސް ދީފައި ޖޫރިމަނާ ކުރުމަށް ގޮވާލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!