ޚަބަރު

ވެބްސައިޓްތަކުގެ ފެބްރުއަރީމަހުގެ ރޭންކިން: "ދެން" އަށް ފަސްވަނައާއެކު އިތުރު ކުރިއެރުންތަކެއް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ވެބްސައިޓްތައް ރޭންކް ކުރާ "ސިމިލަރވެބް"ގެ މިދިޔަ ފެބްރުއަރީ މަހުގެ ރޭންކިން އާންމު ކޮށްފިއެވެ.

Ads by STELCO

މި ރޭންކިން އަށް ބަލާއިރު "ދެން" ވަނީ ފަސްވަނަ މަގާމު ދަމަހައްޓާފައެވެ. ހަމައެއާއެކު އެއް އަހަރުވީ "ދެން" އިން ވަނީ އެ ނޫހުގެ އަމިއްލަ ރެކޯޑްތަކެއް ވެސް އާކޮށްފައެވެ. އެގޮތުން ނިމިދިޔަ މަހު "ދެން"އަށް ލިބުނު ދެމިލިއަނަށް ވުރެ ގިނަ ވިއުސްއަކީ މިހާތަނަށް އެއް މަހެއްގައި ލިބުނު އެންމެ ގިނަ އަދަދެއްގެ ވިއުސްއެވެ.

"ދެން"ގެ ސީއީއޯ އަރީޙް ވިދާޅުވީ ކޮވިޑާ ގުޅިގެން ހުރި މާލީ ގޮންޖެހުންތަކާއެކު "ދެން"ގެ މިވަގުތުގެ އަމާޒަކީ ގަދަ ފަހެއްގައި ހިފެހެއްޓުން ކަމަށެވެ. އަރީޙް ވަނީ ކިޔުންތެރިން ދެއްވާ ޝައުގުވެރިކަމާއި ޖަރނަލިސްޓުންގެ ބުރަ މަސައްކަތް ފާހަގަކޮށް އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

"އެނގިވަޑައިގަންނަވާނެ، މިއީ ޓްވެންޓީފޯސެވަން (ސައްވީސްގަޑިއިރުގެ) މަސައްކަތެއް ، މިކަމުގައި ލިބޭނީ ހަމައެކަނި ޕޮސިޓިވް ފާޑު ކިޔުމެއް ވެސް ނޫން، ބައެއް ފަހަރު ހަމަ ވަރަށް ނެގެޓިވް ފާޑު ކިޔުމާއި ބިރު ދެއްކުން ފަދަ ކަންކަން ވެސް އާދޭ، މި ހުރިހާ ކަމަކާއެކު ޖަރނަލިސްޓުން އެކުރާ މަސައްކަތް ހަމަ މިފުރުސަތުގައި ވެސް ފާހަގަ ކޮށްލަން، އަދި ކިޔުންތެރީން ދެއްވާ ޝައުގުވެރިކަން އެއީ ހަމަ ނޫހަށް ލިބޭ ކުރިއެރުމަކީި" އަރީޙް ވިދާޅުވިއެވެ.

"ދެން" އިން ދަނީ ކުރިއަށް އޮތް އިންތިޚާބަށާއި ރޯދަ މަހަށް ޚާއްޞަ ކަންކަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. އަރީޙް ވިދާޅުވީ އެކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އޮންލައިން ނޫސްތައް ގިނަ ރާއްޖޭގެ އެންމެ މަގުބޫލު ނޫހަކީ އެ މަގާމު ދަމަހައްޓަމުންދާތާ ދެއަހަރުވީ "ވަގުތު" ނޫހެވެ. ދެވަނައަށް "މިހާރު" ހޮވިފައިވާއިރު ތިންވަނައަކީ "ސަން"އެވެ. އަދި ހަތަރުވަނައަކީ "އަވަސް"އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!