Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފްލެޓު ކޮމިޓީން ކުރެއްވީ ވަރަށް ބުރަ، އިޚްލާސްތެރި މަސައްކަތެއް، ފުރިހަމަ އިތުބާރު އެބައޮތް: ރައީސް

ފްލެޓު ކޮމިޓީން ކުރެއްވީ ވަރަށް ބުރަ، އިޚްލާސްތެރި މަސައްކަތެއް، ފުރިހަމަ އިތުބާރު އެބައޮތް: ރައީސް

ފްލެޓު ކޮމިޓީން ކުރެއްވީ ވަރަށް ބުރަ އަދި އެހާމެ އިހްލާސްތެރި މަސައްކަތެއް ކަމަށާއި، އެބޭފުޅުންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފްލެޓު ކޮމެޓީން ނިންމި ނިންމެވުމަކީ ވަކި މީހަކަށް ފްލެޓު ނުދޭން ނިންމި މަސައްކަތެއް ނޫން ކަމަށާއި، އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ އުސޫލުތަކާ އެއްގޮތަށް ވަރަށް ތެދުވެރިކަމާ އެކުގައި ކަމަށެވެ. އަދި ފްލެޓު ލިބޭނެ ފަރާތްތައް ނިންމަވާނީި ހައުސިންގް މިނިސްޓްރީން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެމަފިރިއަކަށް ވެސް ފްލެޓު ލިބިފައި ހުރެދާނެ ކަމަށާއި އެހެން ނަމަވެސް އެތަނުން އެކެއްގެ ފްލެޓު އުނިކުރެވޭނެ ކަމުގައި ވެސް ރަައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް