ޚަބަރު

"އީސީގެ ވަސީލަތެއް ޙަބީބް ނަހަމަ ގޮތުގައި ބޭނުން ކޮށްފައެއް ނުވޭ!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ޙަބީބް، އެކޮމިޝަންގެ އެއްވެސް މުދަލަކާއި ވަސީލަތެއް ނަހަމަ ގޮތުގައި ބޭނުން ކޮށްފައި ނުވާ ކަމަށް، އީސީން ބުނެފިއެވެ.

Ads by STELCO

އެކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަބީބް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިކަމަށް މީޑިއާގައި ރިޕޯޓު ކުރުމާއި ގުޅިގެން އެމައްސަލައިގެ ހަގީގަތް ބެލުމަށް އީސީން ކުރި މަސައްކަތުން، އެކޮމިޝަންގެ ނައިބު ރައީސް (ހަބީބް) އީސީގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ޢަމަލެއް ހިންގާފައި ނުވާކަން ވަނީ ކަށަވަރު ވެފައި ކަމަށެވެ.

އީސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހަބީބްގެ މައްޗަށް ތުހުމަތުކޮށް އެކޮމިޝަންގެ ދެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ފެތުރިފައިވާ ޚަބަރާ ގުޅިގެން މިރޭ އީސީގެ ފަރާތުން ވަނީ ޖަލްސާއެއް ބާއްވާފައި ކަމަށެވެ.

އެޖަލްސާގައި އީސީގެ ނައިބު ރައީސް ހަބީބުއާ ގުޅިގެން މިހާތަނަށް އިލެކްޝަންސް ކޮމިޝަންގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތަސް، އެފަދަ މައްސަލައެއް އޮތްނަމަ އެމައްސަލައެއް ކަމާބެހޭ ކޮމިޓީތަކަށް ހުށަހެޅުމަށް މުވައްޒަފުންނަށް އަންގަން ނިންމާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!