ވެކްސިން ޖެހުމަށް ފަސޭހަ އިންތިޒާމް ނޯންނާތީ ޝައިޚް ޒަމްޒަމްގެ ފާޑު ކިޔުން!

އިންޑިއާގެ ފަގީރު އަވަށެއްގައި ކަންކުރާ އުސޫލުން، ރާއްޖޭގެ ވެރިކަންކުރާ ރަށުގައި ވެކްސިން ޖަހަން ދިގު ކިޔުއެއް ހެދިއްޔާ ނޫނީ، އިންޑިއާއިން ބެހި ވެކްސިން ޖަހާ ހުސްކުރާ ފޮޓޯ ނެގެން ނެތީތޯ ދީނީ ޢިލްމުވެރިޔާ ޒަމްޒަމް ފާރިޝް ސުވާލު ކުރައްވައިފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން ޖަހަންދާ މީހުންގެ އަދަދު ގިނަވެ، މިފަހަކަށް އައިސް ކިޔު ވަނީ ވަރަށް ދިގު ވެފައެވެ.
އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުން ޝެއިޚް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއަށްވުރެ ރަނގަޅު އިންތިޒާމެއް 21 ވަނަ ޤަރުނުގައި އޮންނަންވާނެ ކަމަށެވެ.
"މިޒަމާނަކީ އޮންލައިންކޮށް ޓޯކަން ހަދާލައިގެން ކިޔުގައި ނުޖެހި ސީދާ ނަންބަރު ޖެހޭ ވަގުތަށް ދެވޭނެހެން ޓެކްނޮލޮޖީ ތަނަވަސް ވެފައިވާ ޒަމާނެއް. އެތައް ގަޑިއިރެއް ވަންދެން ދިގު ކިޔުގައި ރަތްދައްކާ އަވީގައި ބައިތިއްބައިގެން އިންޑިއާގެ ފަގީރު އަވަށެއްގައި ކަންކުރާ އުސޫލުން، ރާއްޖޭގެ ވެރިކަންކުރާ ރަށުގައި ވެކްސިން ޖަހަން ދިގު ކިޔުއެއް ހެދިއްޔާ ނޫނީ، އިންޑިއާއިން ބެހި ވެކްސިން ޖަހާ ހުސްކުރާ ފޮޓޯ ނެގެން ނެތީތޯ؟" ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.
https://twitter.com/ZamzamFarish/status/1370658144884428801?s=20
އެނގިފައިވާ ގޮތުގައި، ވެކްސިން ޖަހަން މިއަދު ހެނދުނު 6:30 ގައި ކިޔުގައި ޖެހުނު މީހުން ވެސް، އަދިވެސް ތިބީ ވެކްސިން ނުޖެހި ކިޔުގައެވެ. އަދި ކިޔު ދިގުވުމުގެ ސަބަބުން މެންދުރު 12:00 ގައި ވަނީ ވެކްސިން ޖެހުމަށް ކިޔު ބަންދު ކޮށްފައެވެ.







ކޮމެންޓް