އިންސާފު ލިބޭކަން އެންމެނަށް އިހުސާސް ކުރެވޭ: ރިފްއަތު

ހާމަކަމާއި ހަމަހަމަކަމާއެކު އިންސާފު ލިބޭ ކަމުގެ އިހުސާސް ކޮންމެ މީހަކަށްވެސް މިހާރު ކުރެވޭ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިތާ ފަސް އަހަރު ފުރުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރިފްއަތު ވިދާޅުވީ، އެ ދުވަހަކީ ކޯޓްތަކުގެ އަމަލުތައް ހުރި ގޮތުން ވަކީލެއްގެ ހައިސިއްޔަތުން ލަދުވެތިވާން ޖެހުނު ދުވަހެއް ކަމަށާއި، އެ ދުވަސް މިހާރު މާޒީވެ ގޮސްފައިވާ ކަމަށާ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް މިހާރު ވަނީ އިއާދަ ކޮށްދީފައި ކަމަށެވެ.
ރިފްއަތު އިތުރަށް ވިދާޅުވީ، ހަމަހަމަކަމާއެކު އިންސާފު ލިބޭ ކަމުގެ އިހުސާސް ކޮންމެ މީހަކަށް ވެސް ކުރެވުމަކީ، ޝަރުއީ ނިޒާމާމެދު ގެއްލުނު އިތުބާރު މިހާރު އިއާދަ ވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ހެހެ! އަބަދުވެސް އިދިކޮޅުގަ ތިބެންޖެހޭއިރު ކުރެވޭ އިހުސާސް ވަރަށް ތަފާތުވާނެއެވެ! އިންސާފު އިހުސާސްވާނީ އިދިކޮޅުގަ ހުރިމީހާގެ ކޯޓްގަ އިނދެ ތިޔަވިދާޅުވާ އިހުސާސް ވާން ފެށުމުންނެވެ.