Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޗައިނާގެ ވެކްސިނަށް ރާއްޖެއިން ހުއްދަ ދީފި، ޖަހާނީ 60-18 އަހަރުގެ މީހުންނަށް

ޗައިނާގެ ވެކްސިނަށް ރާއްޖެއިން ހުއްދަ ދީފި، ޖަހާނީ 60-18 އަހަރުގެ މީހުންނަށް
ފައިޒާ ވެކްސިނާއި ސިނޮފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފިއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު މުޙައްމަދު ވިދާޅުވީ، ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިނަށް އެ އޮތޯރިޓީން ވަނީ "އެމަޖެންސީ ޔޫސް އެޕްރޫވަލް" ދީފައި ކަމަށެވެ. އައިޝަތު މުޙައްމަދު ވިދާޅުވީ މި ދެ ވެކްސިނަށް ހުއްދަ ދިނުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައިވާ ކަމަށެވެ. އެގޮތުން ސިނޮފާމް ވެކްސިނަކީ އަދި އީޔޫއެލް އެޕްރޫވަލް ލިބިފައިވާ ވެކްސިނަކަށް ނުވާތީ، އެޕްރޫވަލް ލިބިފައިވަނީ ކޮން ޤައުމުތަކަކަށްތޯ ބަލާނެ ކަމަށް އައިޝަތު މުޙައްމަދު ވިދާޅުވިއެވެ. މީގެ އިތުރުން އައިޝަތު މުޙައްމަދު ވިދާޅުވީ ސިނޮފާމަކީ ދުނިޔޭގެ ފެންވަރުގައި ވެކްސިން އުފެއްދުމަށް ހަވަނައިގައި އުޅޭ ކުންފުންޏެއް ކަމަށާއި ޗައިނާއިން އުފައްދާ މި ވެކްސިން މެނުފެކްޗާ ކުރަނީ ބެއިޖިންގ އިންސްޓިޓިއުޓް އޮފް ބަޔަލޮޖިކަލް ޕްރޮޑަކްޓްސް ކިޔާ ކުންފުންޏަކުން ކަމަށެވެ. އެކުންފުންޏަކީ ޕްރީ ކޮލިފައިޑް މެނުފެކްޗަރާ އެއް ކަމަށާއި 2017 ވަނަ އަހަރުވެސް މުހިންމު ވެކްސިންތަކެއް އެކުންފުނިން އުފައްދާފައިވާ ކަމަށެވެ. "ދުނިޔޭގެ 20 ޤައުމެއްގައި މިވެކްސިން އެޕްރޫވަލް ލިބި، ބޭނުން ކުރަމުން އެބަ ގެންދޭ. އޭގެ ތެރޭގައި ޔޫއޭއީ، ޕެރޫ، އާޖެންޓީނާ ފަދަ ބޮޑެތި ޤައުމުތައް ހިމެނޭ. މިވެކްސިންގެ ރައްކާތެރިކަމަށް ބަލާލާއިރު، އެކި ޤައުމުތަކުން ހަދާފައިވާ ކްލިނިކަލް ސްޓަޑީސްތަކަށް ވަރަށް ބޮޑަށް ބަލާލިން. އެއީ އެވެކްސިން ކޮބައިތޯ ދިމާވާ އެޑްވާސް ރިއެކްޝަނަކީ އަދި ސައިޑް އިފެކްޓްސް ތަކަކީ ކޮބައިތޯ ބެލިން. އަދި ވަކި އުމުރުފުރާއަށް ގުޅޭގޮތަށް ހަދާފައިވާ ސްޓަޑީޒްތައް ވެސް ބެލިން." އައިޝަތު މުޙައްމަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވެކްސިން ބޭނުން ކުރަން ހުއްދަ މިދެނީ އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންނަށް"
އައިޝަތު މުޙައްމަދު ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެސް ސިނޮފާމް ވެކްސިން ބޭނުން ކޮށްފައިވާ ކަމަށާއި ނަމަވެސް އެ އުމުރުފުރާއަށް ބޭނުން ކުރަން ރައްކާތެރިކަމާމެދު އެއްކޮށް އަދި ކަށަވަރު ވެފައި ނުވާތީ ރައްޔިތުންގެ ރައްކާތެރި ކަމަށް ޓަކައި ހުއްދަ ދެނީ 60-18 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. ފައިޒާ ވެކްސިނަށް ބަލާލާއިރު އެއީ ޑަބްލިޔުއެޗްއޯ، އަދި އީޔޫއެލް ލިސްޓިންގައި މިހާރު ވެސް ހިމެނޭ ވެކްސިނެއް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން އައިޝަތު މުޙައްމަދު ވިދާޅުވިއެވެ. މިހާރުވެސް 70 ޤައުމެއްގައި ފައިޒާ ވެކްސިން ބޭނުން ކުރަމުން ގެންދާކަން ފާހަގަ ކުރައްވަމުން އައިޝަތު މުޙައްމަދު ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް