Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިމަންދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ހިމަންދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

އއ. ހިމަންދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިމާރާތް ކުރާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

ހަތަރު މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭ ގޮތަށް އިމާރާތްކުރާ މި އިންޖީނުގެއާއި އޮފީސް އިމާރާތް ވެގެން ދާނީ ހިމަންދޫގެ މަލަމަތި ބަދަލު ކޮށްލާނެ ރީތި ތަފާތު ޒަމާނީ ބިނާއަކަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެކެވެ.

Advertisement
Ooredoo — Truecaller (box)

އެއާއެކު، ހިމަންދޫއަށް އަންނަމުންދާ ކުރިއެރުމާއި، ތަރައްގީއާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި ކަމަށާއި އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު ސްޓެލްކޯއިން ވަނީ މުޅިން އައު އިންޖީނުގެއެއް އެތަނުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައިކަން އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

<img class="alignnone wp-image-71308 size-full" src="https://cdn.dhen.mv/wp-content/uploads/2021/03/himandhoo.jpg" alt="" width="1280" height="853" />

"ޔަގީންވާ އެއްކަމަކީ ސްޓެލްކޯއިން އަލަށް މިއަޅާ އިންޖީނުގޭގެ އިމާރާތާއެކު ހިމަންދޫގެ މަލަމަތި ބަދަލު ކޮށްލާނެކަން. އެގޮތުން މިހާރު ހުރި 533 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، އަޅާ 4 މެގަވޮޓްގެ ޒަމާނީ އިންޖީނުގެ ވެގެންދާނީ ހިމަންދޫއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ވެސް ތަރައްގީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެ އަކަށް." ސްޓެލްކޯއިން ބުނެފައި ވެއެވެ.

މީގެއިތުރުން، ކަސްޓަމާ ސާވިސް އިމާރާތަކާއެކު އަޅާ މި އިންޖީނުގޭގެ އެންމެ ތިރީބައި ޚާއްސަ ކޮށްފައި ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށެވެ.

އިމާރާތުގެ ފުރަތަމަ ފަންގިފިލާ އިމާރާތް ކުރެވިގެން ދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކު ކަމަށާއި، ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތް ކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ޑިޒައިނިން މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރެވޭނެ ކަމަށާއި އަދި މުޅި އިންޖީނުގެއަކީ ވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރި ތަނެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯގެ އުއްމީދަކީ ހިމަންދޫގެ އައު އިންޖީނުގެއާއެކު، ހިމަންދޫގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމާއި، ފާހަގަތިކަން ލިބި، ހިމަންދޫ ރައްޔިތުންނަށް އައު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެން ދިއުންކަން އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް