މާލޭގެ މިސްކިތްތަކުގައި މިފަހަރު ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރާނެ: އިސްލާމިކް މިނިސްްޓަރ

މިއަހަރުގެ ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އަހަރުގެ ރަމަޟާން މަހު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދު އޮތީ ފުރަބަންދު ކޮށްފައެވެ. އެހެންކަމުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމާއި ތަރާވީޙް ނަމާދު ކުރުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ނަމަވެސް މިއަހަރުގެ ރަމަޟާންމަހު މާލެ ސަރަޙައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީޙް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު މިއަދު ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރިނަމަވެސް، ނަމާދު ކުރާނީ ގައިދުރުކަން ދަމަހައްޓައިގެން ކަމަށެވެ.
މާލެ ސަރަޙައްދުގެ އިތުރުން އެހެން ހުރިހާ ރަށްތަކެއްގައި ވެސް ޖަމާއަތުގައި ތަރާވީހު ކުރުން އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިސްކިތްތަކުގެ ހަތަރުފާރު އެތެރޭގައި ހިނގާނީ އިސްލާމީ ޝަރީއަތުގައި އައިސްފައިވާ ހުކުމްތަށް . އެޗް ޕީއޭގެ މަކަރުވެރި އެޖެންޑާ އެއްނޫން. ނަމާދަށް ސަފުހަދާނީ އެކަން ކުރަންވީ ގޮތް ބަޔާންކޮއްދެއްވި މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ އަލަހި ވަސައްލަމަ އެންގެވި ގޮތައް.އިންޝާﷲ
ގައިދުރުކޮށް ނަމާދު ކުރުމެއް ނޯވޭ
މީބަޔަކު ރާވައައިގެން މުސްލިމުންބަލިކަށިކޮށްލަން ޖަހާ ދަންތުރައެއް