ދުނިޔެ

މުސްކުޅިންނަށް ކުޑަކުދިންނާ ނުފޮށެވޭ ގޮތަށް އިންސްޓަގްރާމަށް ބަދަލުތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމަށްވާ އިންސްޓަގްރާމް މެދުވެރިކޮށް، އުމުރުން ދުވަސްވީ މީހުންނަށް ފުރާވަރު ކުދިންނާ ނުފޮށެވޭ ގޮތަށް އެ ޕްލެޓްފޯމަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެގޮތުން މިގެނައި ބަދަލާއެކު، ފުރާވަރު އުމުރުގެ ކުދިން "ފޮލޯ" ނުކުރާ އުމުރުން ދުވަސްވީ މީހުންނަށް އެކުދިންނަށް ޑައިރެކްޓް މެސެޖު ނުކުރެވޭނެ ކަމަށާއި ފުރާވަރު އުމުރުން ކުދިންނާ ނަހަމަ ގޮތަކަށް ވާހަކަ ދައްކަން އުޅޭކަމަށް ޝައްކެއްވާނަމަ، ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެއް ވެސް މިބަދަލާއެކު ފެނިގެން ދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިންސްޓަގްރާމުން ހާމަ ކޮށްފައިވާ ގޮތުގައި މިބަދަލަކީ، ފުރާވަރު އުމުރުގެ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު އެ ޕްލެޓްފޯމު ބޭނުންކުރެވޭނެ ގޮތް ހެދުމަށް ގެންނަ ބަދަލެކެވެ.

އެގޮތުން މީހަކާމެދު ޝައްކެއްވާނަމަ، ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ މީހުން ބްލޮކް ކޮށްލުމާއި ރިޕޯޓު ކުރުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

"ސޭފްޓީ ޕްރޮމްޓްސް" ގެ ނަމުގައި އެކުދިންނަށް އެކަނި ފެންނާނެ އެ ސެޓިންގްސް މެދުވެރިކޮށް ނުދަންނަ މީހުންނަށް ފޮޓޯއާއި ވީޑިއޯ ފޮނުވުމުން ވެސް ރައްކާތެރި ކޮށްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މީގެއިތުރުން ޝައްކުވާފަދަ ގޮތަކަށް މީހަކު ވާހަކަ ދައްކާނަމަ، އެފަދަ މީހުންނާމެދު ރައްކާތެރިވުމަށް ވެސް ފުރާވަރު އުމުރުގެ ކުދިންނަށް އިންސްޓަގްރާމްގެ ފަރާތުން ނޮޓިފިކޭޝަން ފޮނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިސިސްޓަމްތައް އޮޕަރޭޓް ކުރާނެ ގޮތުގެ މާބޮޑު ތަފްސީލެއް އަދި ހާމަ ކޮށްފައި ނެތް ނަމަވެސް، އިންސްޓަގްރާމުން ބުނެފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނަށް މާގިނަ ފްރެންޑް ރިކުއެސްޓް އައުމަކީ ވެސް އެމީހަކާމެދު ޝައްކު ކުރެވޭނެ ޢަމަލެއް ކަމަށެވެ.

ފޭސްބުކާ ގުޅިފައިވާ އިންސްޓަގްރާމް ބޭނުން ކުރާ ބައެއް ޤައުމުތަކަށް މިމަސް ތެރޭގައި މި ފީޗާތައް ލިބިގެންދާނެ ކަމަށް ވެސް ރިޕޯޓު ތަކުން ބުނެއެވެ. ނަމަވެސް އެއީ އަދި ކޮން ޤައުމުތަކެއްކަން އިންސްޓަގްރާމުން ހާމަ ކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!