Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ، މާލޭގައި ދޭން ފަށަނީ

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ ، މާލޭގައި ދޭން ފަށަނީ
ކޮވިޑް-19 އިން ދިފާޢުވުމަށް ޗައިނާގެ ބީޖިންގް ބަޔޯ-އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްސް އިން އުފައްދާފައިވާ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ މާލޭގައި ދޭން ފަށާނެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން އިއުލާނު ކޮށްފައިވާއިރު، އެ އެޖެންސީން ބުނެފައިވަނީ ދުނިޔޭގެ 20 ޤައުމެއްގައި މިހާރުވެސް ސިނޮފާމް ވެކްސިން ޖަހަމުން ގެންދާ ކަމަށެވެ.

ސިނޮފާމް ވެކްސިން ނުޖެހޭނެ ފަރާތްތައް:

▪︎ 18 އަހަރުން ދަށުގެ ކުޑަކުދިން ▪︎ ކޮވިޑަށް މިވަގުތު ފައްސިވެފައި ތިބި މީހުން (ބަލިން އަދި ފަސޭހަ ނުވެ ތިބި ފަރާތްތަށް) ▪︎ ދިފާޢީ ނިޒާމްގެ ބާރު ދަށްކޮށްލާ ފަދަ ބައްޔެއް ޖެހިފައިވާ ނުވަތަ ބޭހެއް ބޭނުން ކުރަމުންދާ ފަރާތްތައް ▪︎ މާބަނޑު އަންހެނުން

ސިނޮފާމް ވެކްސިން ޖެހުމުން އާންމުކޮށް ދިމާވެދާނެ ސައިޑް އިފެކްޓްސްތައް:

▪︎ ގަޔަށް ތަދުވުން، ރަތްވުން، ހިރުވުން، ދުޅަވުން، ނުވަތަ އިންޖެކްޝަން ޖެހިތަން ހަލާކުވުން. ▪︎ ވަރުދެރަވުން ▪︎ ބޮލުގައި ރިއްސުން ▪︎ ހުން އައުން ނުވަތަ ފިނިވެގެން ތުރުތުރުއެޅުން ▪︎ ހޮޑުލެވުން ނުވަތަ ބޭރަށްހިންގުން ▪︎ ހުޅުހުޅުގައި ރިއްސުން ▪︎ ހަށިގަނޑުގެ މަސްތަކުގައި ރިއްސުން ވެކްސިން ޖެހުމަށްފަހު ސައިޑް އިފެޓްސް ފެނުމަކީ އާންމުކަމެއް ކަމަށާއި، އޭގެން އަންގައިދެނީ ވެކްސިންގެ ސަބަބުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަށިގަނޑު ތައްޔާރުވަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވެފައި ވަނީ ހުން އައުން ފަދަ ކޮވިޑްގެ އަލާމާތެއް ހުރި މީހެއްގެ ގަޔަށް ވެކްސިން ޖެހޭނީ، އެއަލާމާތްތައް ފިލާތާ ތިން ދުވަސް ފަހުން ކަމަށެވެ.އަދި ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ ގަޔަށް ސިނޮފާމް ވެކްސިން ޖެހޭނީ ބަލީގެ އަލާމާތްތައް ފެނުނު ދުވަހުން ފެށިގެން 28 ދުވަސް ފަހުން، ކޮވިޑް ބަލިން ފަސޭހަވުމަށްފަހު ކަމަށެވެ. ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮށްފައިވާ މީހުންގެ ގަޔަށް މި ވެކްސިން ޖެހޭނީ، ގުނަވަން ބަދަލު ކުރުމުގެ ސާޖަރީ ކުރިތާ ތިން މަސް ފަހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ސިނޮފާމް ވެކްސިނަކީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ދެވަނަ ވެކްސިނެވެ. މިވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހޭނީ، ފުރަތަމަ ޑޯޒް ޖަހާތާ 3 ނުވަތަ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް