ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗު ފަސޭހައިން ބޭނުންކުރެވޭގޮތް ހަދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މުޖުތަމަޢުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އާޓިފިޝަލް ބީޗުގައި ހަދާ ރޭމްޕްގެ މަސައްކަތް ޢަމަލީގޮތުން ފަށްޓަވައިދެއްވީ، މިނިސްޓްރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފާއި، އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމެވެ.

އާޓިފިޝަލް ބީޗް ނުވަތަ ހެދިގޮނޑުދޮށުގައި ކުރިއަށްގެންދާ ރޭމްޕް ހެދުމުގެ މަޝްރޫޢަކީ އެމް.ޓީ.ސީ.ސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި، ރޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުގެ މެމްބަރުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީޒް (އެމް.އޭ.ޕީ.ޑީ)ގެ ޗެއަރޕާރސަން އަޙުމަދު މުޙައްމަދާއި އެޖަމިއްޔާގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!