ޚަބަރު

އުނގޫފާރު ކްލަސްޓާ: އެކަކު ފައްސިވެ، މަޑުއްވަރީ ވެސް މޮނީޓަރިންގަށް ލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ވަން އޮންލައިން

ރ. އުނގޫފާރަށް ދިޔަ މީހަކު ރ.މަޑުއްވަރީން ކޮވިޑް-19 އަށް ފައްސި ވުމުން މަޑުއްވަރީ ވެސް މޮނީޓަރިންގަށް ލައިފިއެވެ.

Ads by Sosun Fihaara

މަޑުއްވަރީ ކައުންސިލު ރައީސް ޞަބީޙާ މުޙައްމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސި ވެފައި ވަނީ އުނގޫފާރަށް ދަތުރު ކުރި ފިރިހެނެއް ކަމަށާއި އޭނާ ހުރީ ކަރަންޓީނުގައި ކަމަށެވެ.

އުނގޫފާރުން ބަޔަކު ފައްސި ވުމާއެކު، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރު ކުރި އެންމެން ކަރަންޓީނު ވާން ވަނީ އަންގައިފައެވެ. އެ މުއްދަތުގެ ތެރޭގައި އެ ރަށަށް ދަތުރުކުރި ނައިފަރު މީހަކާއި ދިއްފުށިން ދެ މީހަކު ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އެހެންކަމުން އެ ދެ ރަށް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލައިފައެވެ.

އުނގޫފާރުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ، މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ އެ ރަށުގައި އޮންނަ މާލެ ދަތުރުކުރާ ބޯޓަކާ ގުޅުން އޮންނަ މީހަކަށް ވުމުން، އެ ބޯޓުގެ ފަޅުވެރިން ވަނީ ބައްޔަށް ޓެސްޓު ކޮށްފައެވެ. އަދި އެ ބޯޓުގެ ހަތަރު މީހަކަށް ބަލި ޖެހުނުކަން ވަނީ ޔަގީން ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!