ހަކުރުބަލިން ސަލާމަތް ވުމަށް ފާގަ ވަރެއް ހަމަ ނެތް!

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކު އެބައްޔެއްގެ ވޭން ތަޙައްމަލު ކުރަން ޖެހިފައިވާ ހަކުރުބަލި ނުވަތަ ޑައިބެޓީސް ބަލި ޖެހެނީ ލޭގައި ހުންނަ ހަކުރުގެ މާއްދާ މާބޮޑަށް މަތިވުމުންނެވެ. މިގޮތަށް ހަކުރުގެ މާއްދާ މަތިވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދޭ މިންވަރު މަދުވުމުގެ ސަބަބުންނެވެ. އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯންއެކެވެ.
ސިއްޙީ މާހިރުން ލަފާ ދެއްވާގޮތުގައި ހަކުރު ބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އަދި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިދާނެ ބައްޔެއް ވެސްމެއެވެ. އެކަމުގެ ސަބަބުން އަޅާ ވޭން ބޮޑުވެ، މީހާ ނިކަމެތި އިޙްސާސް ކުރެވި މާޔޫސްވެއެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ފާގަ އަކީ މިކަމުގައި ވަރަށް ފައިދާހުރި މޭވާއެކެވެ. މިކަމަށް ސިއްހީ މާހިރުން ވެސް ވަނީ ތާއީދު ކޮށްފައެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ފާގައިގައި ފައިޓޯނިއުޓްރިއެންޓް އެއް ކަމުގައިވާ “ޕޮލީޕެޕްޓައިޑް ޕީ” ހުރުމުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު ދަށް ކޮށްދެއެވެ. މިއީ އިންސިއުލިން އުފެއްދުމުގައި ހަށިގަނޑަށް ބޮޑު އެހީތެރިކަމެއް ވެދޭ އެއްޗެކެވެ.
މީގެ އިތުރުން ވެސް ފާގައިގައި ހަކުރު ދަށް ކުރުވަނިވި މާއްދާއެއް ކަމުގައިވާ “ޗެރެންޓިން” ނަމަކަށް ކިޔާ މާއްދާއެއް ހުރެއެވެ. ޗެރެންޓިން އަކީ ސަރުބީ އެކުލެވޭ ޓިޝޫތަކާއި، މަސްތަކަށް، އަދި ފުރަމެޔަށް، ގުލްކޯޒު ނަގާ މިންވަރު މަތިކޮށް، ގްލައިކޯޖަން އުފެދޭ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.
ފާގަފަނި ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.






ކޮމެންޓް